Advertisement
ކ. މާލެ
|
13 މާރޗް 2017 | ހޯމަ 16:05
ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު މުހައްމަދު
ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު މުހައްމަދު
އަޒުމޫން އަހުމަދު
އަލްހާން ފަހުމީ
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
ޖޭއެސްސީ އެމައްސަލާގައި ކުރުން ނިންމާފައިވަނީ އެއީ ސާބިތު ނުހިފޭ މައްސަލައެއް ކަމަށް
އަލްހާން އެމައްސަލަ އަލުން ބެލުމަށް ހުށަހެޅީ އަލްޖަޒީރާއިން ދެއްކި "ސްޓީލިންގ ޕެރަޑައިސް"ގައި އެވީޑިއޯގެ ވާހަކަ ގެނެސްދީފައިވާތީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަލީ ހަމީދު މުހައްމަދުގެ މައްޗަށް ތުހުމަތުކޮށް، ކަސްބީ އަންހެނަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ނުބަލަން ޖޭއެސްސީ ނިންމައިފި އެވެ.

 

ޖޭއެސްސީން އެގޮތަށް ނިންމިއިރު އެކޮމިޝަނުގެ ރައީސަކީ ވެސް ފަނޑިޔާރު އަލީ ހަމީދު އެވެ. އެކޮމިޝަނުން އެމައްސަލަ ނުބަލަން ނިންމާފައިވަނީ އެއީ ކުރިން ބަލާ ނިންމާފައިވާ މައްސަލައަކަށް ވާތީ ކަމަށް އެކޮމިޝަނުން ބުނެއެވެ.

 

އެމައްސަލަ އަލުން ޖޭއެސްސީއަށް ހުށަހެޅީ އެ ވީޑިއޯގެ މައްސަލާގައި މީގެ ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ.

 

އެމައްސަލަ އަލުން ނުބެލޭނެ ކަމަށް އެކޮމިޝަނުން ލިޔުމަކުން ވަނީ އަލްހާނަށް އަންގާފަ އެވެ.

 

ޖޭއެސްސީން އަލްހާނަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ ފަނޑިޔާރު އަލީ ހަމީދުއާ ބެހޭ ގޮތުން އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ އެ ކޮމިޝަނުގެ ތަހުގީގު ޓީމަކުން ތަހުގީގުކުރުމަށް ފަހު، ތަހުގީގު ނިންމާ، ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް ޖޫން 19، 2014 ވަނަ ދުވަހު އެކޮމިޝަނަށް ހުށަހެޅުމުން، ޖޫން 25، 2014 ވަނަ ދުވަހު ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

 

ޖޭއެސްސީން އެގޮތަށް އެންގުމާ ގުޅިގެން އަލްހާން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ "ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ކަމަށް ވިދާޅުވެފައެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 މާރޗް 2017 | ހޯމަ 13:49
އިބްރާހީމް މަނިކު
ޒިނޭ ކުރާތަން ފެންނައިރުވެސް ބަދު އަހުލާޤީ މަސްއަލައެއްގެ ގޮތުގައި ހުށައެޅީމާ އެއްވެސްތާކުން އެމަަސްއަލައެއް ނުބެލޭނެ ނޫންތޯ ؟ މަސްއަލަ ހުށައަޅުއްވާ ފަރާތްތަކަށް އެބަ އިގެންޖެހޭ ޒިނޭ އާއި ބަދުއަހުލާޤު. މިދޭތި ނޭގޭމީހުން މަސްއަލަ ހުށައެޅީމާ ޖޭ އެސް ސީ އެވިދާޅުވަނީ ވަރަށް ރަގަޅަށް. އަޅުގަނޑުވެސް ތާއީދު ޖޭ އެސް ސީއަށް
13 މާރޗް 2017 | ހޯމަ 13:12
ނަދުރު
މިގައުމުގައި މިހާރު ފެނިގެން މިދަނީ ފައިސާއާއި މަގާމަށްޓަކައި ގައުމަށް ގައްދާރު ވަމުންދާ ތަނެވެ. އިންސާފަކީ ވަކިބަޔަކު ކަމެއް ކުރުމުން ބެލިފައި އަނެއްބަޔަކު ކިތަމެކަމެއް ކުރުމުން ވެސް ލޯ އަދިރިވެ ނުފެންނަ ކަމަށް ހަދައިގެން އުލޭ މަންޒަރެވެ. މިއަދު ގައުމުގައި ގިނައީ ތަންދޮރު ދަންނަ ކިޔަވައިގެންތިބި ބޮޑެތި ޖާހިލުންނެވެ.
13 މާރޗް 2017 | ހޯމަ 12:57
ހ މ ޒ
ތުހުމަތު ނުކިޔާއިގޭތޯ؟ ! އަބުރު