ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 18:02
އަބީ އަހުމަދު އަލީ
އަބީ އަހުމަދު އަލީ
ބީބީސީ
ނޮބެލް ސުލްހައިގެ އިނާމު
ނޯބެލް ސުލްހައިގެ އިނާމު އިތިއޮޕީއާގެ ބޮޑު ވަޒީރަށް
އެ އެވޯޑް އަކީ 900،000 ޑޮލަރުގެ އަގުހުރި އެވޯޑެއް
ޖުމްލަ 301 ފަރާތަކުން ނޮމިނޭޓްވެފައިވޭ

2019 ވަަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު އިތިއޯޕީގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީ އަށް ލިބިވަޑައިގެންފިއެވެ. އެމަނިކުފާނަށް އެވޯޑް ލިބިވަޑައިގެންނެވިކަން އިއުލާން ކޮށްފައިވަނީ ނޯވޭގެ އެވޯޑް ކޮމިޓީން ހުކުރު ދުވަހުއެވެ.

އަބީ އަށް އެވޯޑް ލިބިވަޑައިގެންނެވީ، އިތިއޯޕިއާ އާއި އަވަށްޓެރި އެރިޓްރީއާ ދެގައުމުގެ ދެމެދުގައި 20 އަހަރު ވަންދެން ހިނގަމުންދިޔަ ހަނގުރާމަ ސުލްހައަކަށް ގެނައުމަށް ކުރި މަސައްކަތަށެވެ.

ދެ ގައުމުގެ ސަރަހައްދީ ދެމެދު ހިނގަމުންދިޔަ ހަނގުރާމައިގެ ސުލްހަ އަށް ފަހު 1998-2000 ވަނަ އަހަރާއި ދެމެދު ދެ ގައުމުގެ އަސްކަރިއްޔަ އޮންނަނީ ބޯޑަރު ސަރަހައްދުގައި އަވަސް ހާލަތަށް ތައްޔާރުކޮށްފައެވެ.

އަބީ އަށް ރަސްމީކޮށް އެވޯޑް އެރުއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު އޮސްލޯގައި އޮންނަ ރަސްމިއްޔާތެއްގައެވެ. އެ އެވޯޑް އަކީ 900،000 ޑޯލަރުގެ އަގުހުރި އެވޯޑެކެވެ.

ޖުމްލަ 301 ފަރާތަކުން ނޮމިނޭޓްވިއިރު އޭގެ ތެރޭގައި 78 ޖަމްއިއްޔާ އަކާއި 223 އަމިލް ފަރުދަކު ހިމެނޭއެވެ. މި ފަހަރުގެ ނޮބެލް ސުުލްހައިގެ އެވޯޑް ލިބޭނީ ކޮން ފަރާތަކާއި މެދު ވާހަކަ ދެކެވެމުން ދިޔައިރު އެންމެ ގަދައަށް ދެކެވުނީ އެ އެވޯޑް ލިބޭނީ މޫސުމީ ބަދަލުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއް ކަމަށްވާ ގްރެޓަރ ތަންބާގް ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮޑު ވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އަބީ ވަނީ އިތިއޯޕިއާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

- ކޮމެންޓް