Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 14:19
ރަށެއްގެ ބިން ހިއްކުން ކުރިއަށްގެންދަނީ
ރަށެއްގެ ބިން ހިއްކުން ކުރިއަށްގެންދަނީ
ގޫގުލް
ބިން ހިއްކުން
ރަށްތައް ހިއްކާގޮތަށް ބަދަލު ގެނެސް، ރަށް ވަށާ ތޮށިލުން ހުއްޓާލަނީ
ރަށުގެ ބޭރުތޮށި ނުލައި ބީޗް އޮންނަ ގޮތަށް ރަށް ހިއްކަމުންދާނެ ކަމަށް ވިދާޅުވި

ރަށްރަށް ހިއްކުމުގައި އާންމު ގޮތެއްގައި ގެންގުޅެމުން އައި އުސޫލަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

Advertisement

ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެކުރިން ކުދި ރަށްތައް ހިއްކާގޮތަށް ބަދަލުގެނެސް ހިއްކާތަން ވަށައިގެން ތޮށިލުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ރަށްރަށް ހިންގުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ޕްލޭންކޮށްގެންކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަން އެހެން ވަނީ އެއީ އެއްގޮތަކަށްވެސް އެހާބޮޑަށް ޑިޒައިން ކޮށްގެން ކުރާ ކަމެއް ނޫން. ރަށުގެ އެންމެ ބޮޑު ޖާގަ އޮންނަ ދިމާލަކުން ހިއްކާލަނީ. އަޅުގަނޑުގެ މިހާރުގެ އައު ވިސްނުމަކީ އެގޮތަށް އެކަން ނުކުރާން.
މުހައްމަދު އަސްލަމް / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަސްލަމް ވިދާޅުވީ ފަހުގެ ތާރީޚުގައި ބިން ހިއްކަމުންދަނީ އެހާބޮޑަށް ތޮށި ނުލާ ބީޗް ބޮޑުބައިގައި އޮންނަ ގޮތަށް ކަމަށެވެ. ނަމަވެސް ލާ ބީޗް ހިމާޔަތް ކުރުމަށްޓަކައި ކޮންމެވެސް ވަރަކަށް ތޮއްޓެއް ލާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރީތި ބީޗެއް ލެވުމުން ގެސްޓްހައުސް ޓުއަރިޒް އައުމާއިއެކު ރަށުގެ އަގު މައްޗަށް ގެންދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެން ކުރިއަށް ގެންދާ ބިންހިއްކުމުގެ މަޝްރޫއުތައް ދެން ކުރިއަށް ގެންދާނީ އެ ވިސްނުމުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެކަނި ލޭންޑެއް ނޫން އެއްޗަކީއެއް. ލޭންޑް ވަކި ގޮތަކަށް އައިމާ އޭގެ ވެލިއުއެއް އިނދޭ.
މުހައްމަދު އަސްލަމް / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
12 އޮކްޓޯބަރ 2019 | ހޮނިހިރު 10:43
ަބަކުރު
ޙ ތިޔަކަހަލަ ބޮޑެތި އޮޅުވާލުން އޮޅުވާލުމަކީ ލާދީނީފިކުރުގެ ވިސްނުމެއްކަން ކަށަވަރެވެ. ތ.ކަނޑޫދޫ ކިއްކާ ތޮށިޖަހާފަވަނީ ކޮންގޮތަކައް ބީޗެއްއޮތް ސަރަހައްދެއްގަތޯއެވެ.
11 އޮކްޓޯބަރ 2019 | ހުކުރު 18:44
ޙ
ތ. ކަނޑޫދޫ ގިރާތީއޭ ކިޔައިގެން އެރަށުގެ ރީތި ބީޗްގ ތޮށިލާ އެރަށް ވަނީ ހަލާކުވެފަ