Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 15:38
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
މަޖިލިސް
5 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި
މި މަސައްކަތް ހަވާލުކުރެވިފައިވަނީ 12 ހަފްތާގެ ތެރޭގައި ނިންމުމަށް

5 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތް ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) އާއި ހަވާލުކޮށްފިއެވެ.

އެ ކުންފުންޏައި ހަވާލުކޮށްފައިވަނީ މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށި، ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށެވެ.

Advertisement

ޕްލޭނިންގް މިނިސްޓްރީއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދެވެނީ ދެ ޕެކޭޖަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ޕެކޭޖްގައި ހިމެނެނީ މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކަމަށެވެ. އެގޮތުން މ،ި މަޝްރޫއު ހަވާލުކޮށްފައިވަނީ 1,917,700.59 ރުފިޔާ އަށެވެ.

ދެވަނަ ޕެކޭޖްގައި ހިމެނެނީ ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމެވެ. މި މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,624,712.88 ރުފިޔާ އަށެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ 12 ހަފްތާގެ ތެރޭގައި ނިންމުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް