Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 23:21
ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާ
ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާ
ޝުއައިބް މުހައްމަދު އިގްބާލް
ބްރޮޑްކާސްޓިން ކޮމިޝަން
ޝަހީބާއި ޒައިނާ ވަކިކުރުން މާދަމާގެ ޖަލްސާގައި!
މާދަމާގެ ޖަލްސާގައި ޝަހީބާއީ ޒައިނާ މަޤާމުން ވަކިކުރުމަށް ވޯޓަށް އަހާނެ

ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުޙައްމަދު ޝަހީބާއި ނައިބު ރައީސް ފާޠިމަތު ޒައިނާ އެކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުވާލި ރިޕޯޓް ބުދަ ދުވަހުގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ޝަހީބާއީ ޒައިނާ މަޤާމުން ވަކިކުރުމަށް ވޯޓަށް އަހާނެއެވެ.

ޝަހީބާއި ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ކޮމެޓީގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement

ޝަހީބާއި ޒައިނާ ވަކިކުރަން ނިންމަވާފައިވާއިރު އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން 36 ބޭފުޅަކު ވަނީ މަޤާމަށް ކުރިމަތި ލައްވާފައެވެ.

އަދި އެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ރައީސް ފޮނުއްވާފައިވާ ނަންތަކަށް މަޖިލީހުން ވަނީ ޢާންމުންގެ ޚިޔާލުވެސް ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް