ލާމަރުކަޒީ ބިލް ފާސްވުމުން ކައުންސިލް ތަކަށް މާލީ ބޭރުވެރިކަން ލިބޭނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މި ބިލާއި ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ރައީސް އޮފީހުން ކޮށް ނިންމާ ބިލުގެ ޑްރާފްޓް ވެސް މިހާރު ނިމިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ސަރުކާރުން މަޢުލޫމާތު ދޭ ގޮތުގައި މިހަފުތާ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އެކަމުގެ ސިޔާސަތު އިއުލާން ކުރެއްވުމަށްފަހު އެންމެ އަވަހަށް މަޖިލިސް އޮންނަ ދުވަހެއްގައި އެ ބިލް ސަރުކާރުން ހުށަހަޅުއްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ބިލުގައި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެންނަން ޖެހޭ 22 ކަމެއް ހިމެނޭ ކަމަށާއި އޭގެ ތެރޭއިން އެންމެ މުހިއްމު އެއް ކަމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ޤާނޫނުގައި ކައުންސިލް ތަކުން ދިނުމަށް ލާޒިމް ކުރާ ޚިދުމަތްތަކަށް އަހަރެއްގެ މައްޗަށް މަދުވެގެން 1.4 ބިލިއަން ރުފިޔާ ޚަރަދުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރު ތަކުން މިއާއި ގާތް ކުރާ ޢަދަދަށް ވެސް ދެވިފައި ނެތް ކަން ނިޔާ ފާހަގަ ކުރެއްވި އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓޫން ވެސް 600 މިލިއަން ރުފިޔާ ގާތްގަނޑަކަށް ދެވިފައި ވަނީ . ނަމަވެސް މިފަހަރު ޤާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި މި އާނޫނަށް ގެނެވޭނެ އިސްލާހާއި އެއްކޮށް 2019 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތް ކުރާ ކަމަށް ވާނަމަ އެއަދަދު ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާއަށް އެބައަރާ. މާނައަކީ ގާތްގަނޑާކަށް 200 ޕަސެންޓްގެ ކުރިއެރުމެއް ކައުންސިލްތަކުގެ މާލިއްޔަތަށް ލިބޭހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ލާމަރުކަޒީ ބިލަށް ގެންނަ އިޞްލާޙުގެ ސަބަބުން ޤާނޫނީ ގޮތުން ބާރުވެރި ކުރުމަށް ދައުލަތުން އެ އަހަރަކަށް އަންދާޒާ ކުރާ ޢާމްދަނީގެ 5 އިންސައްތަ ޚާއްޞާ ވެގެންދާނީ ކައުންސިލްތަކަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އަދި ހަމަ އެއާއި އެކު އަތޮޅު ތަކުގެ ހިމެނޭ ރަށްތައް މީހުން ދިރިއުޅޭ ރަށްތައް ފިޔަވާ ދެން ހުރި ރަށްތަކާއި އެކިއެކި ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ، ރިސޯޓްތަކާއި މިތަންތަނުގެ ބިލުގެ ކލުލީގެ 40 އިންސައްތަ ޚަރަދު ކުރަން ވާނީ ކައުންސިލްތަކަށް ކަމަށް ކަމަށް ލަފާކުރެވެނީ .2019 ވަނަ އަހަރަށް ބަލާއިރު ދައުލަތުގެ އާމްދަނީގެ 5 ޕަސެންޓް ކަމަށް ވާނަމަ އެއީ 1.1 ބިލިއަން ރުފިޔާ. ބިންތަކުން ލިބޭ ކުލީގެ 40 ޕަސެންޓް ކަމަށް ވާނަމަ އެއީ 800 މިލިއަން ރުފިޔާހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ނިޔާޒް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓަށް ރިޢާޔަތް ކުރާކަމަށް ވާނަމަ އެއީ 1.8 މިލިއަން ރުފިޔާ ކަމަށެވެ.
އެހެންކަމުން ކޮންމެ ކައުންސިލަކަށްވެސް އެވްރެޖް ކޮށް ލިބޭ އެއްޗަކަށް ވުރެ 70 އިންސައްތަ ބޮޑުވާނެ ކަމަށާއި އަދި ބައެއް ކައުންސިލް ތަކަށް 300 އިން ސައްތަ އާއި ހަމައަށްވެސް ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ. މިއީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ކުރާ ވަރަށް މުހިއްމު މަސައްކަތެއްކަން ނިޔާ ފާހަގަ ކުރެއްވި އެވެ.
ނިޔާ ވިދާޅުވީ ޤާނޫނު ހަމައެކަނި ފާސްކޮށްފައި ދޫނުކުރައްވާނެ ކަމަށާއި ޤާނޫނުގައި ހުރި މިންވަރަށް މި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލާނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓް ފާސްވެގެން ދާއިރު އެކަންކަން ހިމެނިފައި ވެތޯ ޔަޤީން ކުރައްވާނެ ކަމަށެވެ.