Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 18:19
ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމި ތިން ފަނޑިޔާރުން
ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމި ތިން ފަނޑިޔާރުން
ރައީސް އޮފީސް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތް ދޭން ޖޭއެސްސީން ނިންމައިފި
ސިވިލް ކޯޓުގެ ގާޒީގެ ސުލޫކީ މައްސަލައެއް ވެސް ދަނީ ބަލަމުން
ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށްވެސް ނަސޭހަތް ދީފައިވޭ

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ހިމެނޭ ގޮތަށް އެ ކޯޓުގެ ތިން ފަނޑިޔާރަކަށް ނަޞޭހަތްދޭން ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފުގެ މައްޗަށް މީގެ ކުރިން ހުށައެޅިފައިވާ ޝަކުވާގެ ތަހުޤީޤު ނިންމާ އޭގެ ރިޕޯޓް ތަހުގީގު ކޮމިޓީން ވަނީ ޖޭއެސްސީ އަށް ހުށައަޅާފައެވެ.

Advertisement

ޖޭއެސްސީން އަންގާރަ ދުވަހު ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ، ތަހުޤީޤު ކޮމިޓީން ހުށައަޅާފައިވާ ރިޕޯޓުގެ މައްޗަށް އެ ކޮމިޝަނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަހުދީބީ ފިޔަވަޅު ކަމުގައިވާ ނަޞޭޙަތްދިނުމުގެ ފިޔަވަޅު އެޅުމަށް އެކޮމިޝަނުން އަންގާރަ ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ގއ. ކޮނޑޭ މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމަށް ވެސް ނަޞޭޙަތްދޭން ޖޭއެސްސީން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ ޢަބްދުއްނަސީރު ޝަފީގު އާއި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުލް ކުލްސޫމް އަބޫބަކުރުގެ އިތުރުން ގއ. ގެމަނަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ ސުލޫކީ މައްސަލައެއް ބަލަން އަންގާރަ ދުވަހު ބޭއްވި ޖޭއެސްސީގެ 68 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް