ސާފުތާހިރުކަން ކުޑަވުމާއި ގުޅިގެން ވެސްޓްޕާކް ޞަރަޙައްދުގަ ހުރި ގާޑިޔާތައް ނަގައި އެ ޞަރަޙައްދު ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ނޯޓިސް ފޮނުވައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެޞަރަޙައްދަކީ ރަސްފަންނާ ގުޅާލަން ނިންމާފައިވާ ސަރަހައްދެއް ކަމުން މީގެކުރިންވެސް އެތަން ހުސްކުރުމަށް ގާޑިޔާ ހިންގާފަރާތްތަކަށް ނޯޓިސް ދީފައިވާކަމަށެވެ.
އެ ގާޑިޔާތަކަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ކެއިންބުއިމުގެ ޚިދުމަތް ހޯދާ ތަންތަންކަން ފާހަގަކޮށް ކައުންސިލުން ބުނީ އެޗްޕީއޭއިން ކުރިއަށްގެންދިޔަ ސާރވޭއަކުން، އެ ގާޑިޔާތަކަކީ ސާފުތާހިރުކަން ކުޑަ ތަންތަން ކަމަށް އޮގަސްޓް މަހުގެ ތެރޭގައި އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މިހާރު އެ ގާޑިޔާތައް ހިންގަމުންދަނީ އެއްވެސް އެއްބަސްވުމެއްނެތި ކަމަށާއި، ކައުންސިލުން ދޫކޮށްފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށެވެ. ސިޓީ ކައުންސިލުން ފޮނުވި ނޯޓިސްގައި ވަނީ މާދަމާގެ ނިޔަލަށް ގަޑިޔާތައް ނަގައި ޞަރަޙައްދު ސާފުކުރުމަށެވެ. އަދި އެ މުއްދަތުގައި ސާފު ނުކުރާނަމަ ކައުންސިލުން އެތަން ސާފުކޮށް ކުނި މެނޭޖުކުރުމުގެ ގަވައިދުގެ ތެރެއިން އެ ޞަރަޙައްދުގައި ހުރި ތަކެތި ނައްތާލާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ފޮނުވި ނޯޓިސްގައި ބުދަ ދުވަހުގެ ނިޔަލަށް ގަޑިޔާތައް ނަގައި ޞަރަޙައްދު ސާފުކުރުމަށެވެ. އަދި އެ މުއްދަތުގައި ސާފު ނުކުރާނަމަ ކައުންސިލުން އެތަން ސާފުކުރާނެ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.