ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 20:11
މިނިސްޓަރ މަހްލޫފް
މިނިސްޓަރ މަހްލޫފް
ޝުއައިބް މުހައްމަދު އިގްބާލް
ގައުމީ ޓީމު ކޮމިޓީ
ގައުމީ ޓީމު ކޮމިޓީން މަހްލޫފް އިސްތިއުފާ ދެއްވައިފި
ގައުމީ ޓީމު ކޮމިޓީގައި ބައިވެރިވާން މިނިސްޓަރ މަހްލޫފް ބޭނުންވޭ

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އިސްތިއުފާ ދެއްވައިފިއެވެ.

ހޯމަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާލުވީ، ގައުމީ ޓީމު ކޮމިޓީގައި ބައިވެރިވާން ބޭނުންވާ ކަމަށާއި، ނަމަވެސް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކާއެކު ކޮމިޓީގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ގައުމީ ޓީމު ކޮމިޓީގައި އެބޭފުޅާ ނެތް ނަމަވެސް، އެބޭފުޅާގެ މަންދޫބެއްގެ ގޮތުގައި ބޭފުޅަކު ކޮމިޓީއަށް ލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިނިސްޓަރ އަލީ ވަހީދު އެ ކޮމިޓީގައި ހުންނެވުމަށް މިނިސްޓަރ މަހްލޫފް ވަނީ އެދިލައްވާފައެވެ.

ބައްސާމް އާއި މިނިސްޓަރ މަހްލޫފް އެކުގައި މަސައްކަތް ކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، އެފްއޭއެމް ލީޑާޝިޕް ބަދަލުކުރަން ކުރި މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މޮޅުވީ އެފްއޭއެމް އާއި ބައްސާމް ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ދޮޅު އަހަރެއް ތެރޭގައި އެފްއޭއެމް އިންތިހާބު އޮންނާނެ ކަމަށާއި، ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ވާދަކުރަންވީ ކަމަށެވެ. އަދި ފުޓުބޯޅައަށް ދެވެން އޮތް ސަޕޯޓު މި މުއްދަތު ތެރޭގައި ދޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް