ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 19:25
އިންޑިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
އިންޑިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ބަލިވެ، ރާއްޖެ ކަޓައިފި
މި މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާ އަކުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ މުބާރާތުން ދިވެހިރާއްޖެ ކަޓައިފިއެވެ.

މި މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އިންޑިއާއިން ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދަމުން ގެންދިޔައިރު މެޗުގެ 7 ވަނަ މިނެޓުގައި އިންޑިއާ އިންވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ނަރެންދުރައެވެ. މި ލަނޑަށްފަހު ވެސް އިންޑިއާއިން ވަނީ ފުލުފުލުގައި ރާއްޖޭގެ ގޯލަށް ހަމަލާތައް އުފައްދަމުންނެވެ. މެޗުގެ 45 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ މުހައްމަދު ރަފީއެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރި އިރު މި ހާފުގައި ރާއްޖެއިން ވަނީ އިންޑިއާގެ ހާފަށް ނުރައްކާކޮށްފައެވެ. ރާއްޖެއިން ދެވަނަ ހާފުގައި ރަނގަޅަށް ކުޅެމުން ދަނިކޮށް އިންޑިއާއިން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައިފައެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގުރްކިރަތު ސިންގް އަދި ނިންތޮއިންގަމްބާ އެވެ.

މި މުބާރާތުގެ ސެމީއިން ރާއްޖެ ކެޓި ނަމަވެސް މި މުބާރާތުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އަދި މިއީ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމެއް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ އަހަރެވެ.

މި މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހު އިންޑިއާ ނިކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. ބަންގްލަދޭޝް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ބޫޓާން 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް