ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 14:17
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ޖަމާލް ހަޝޯގީ
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ޖަމާލް ހަޝޯގީ
އޭއެފްޕީ
ޖަމާލް ހަޝޯގީގެ މަރު
ހަޝޯގީގެ މަރުގެ ޒިންމާ ނަގަން: ވަލީއަހުދު ސަލްމާން
ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގަބޫލުކުރައްވަނީ ހަޝޯގީ މަރާލީ އޭނާ އެ ގައުމުގެ ކަންތައްތައް ބަލަހައްޓަވަމުން ދަނިކޮށް ކަމަށްވާތީ
ހަޝޯގީއާ ބެހޭ ގޮތުން ވަލީއަހުދު ކުރިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ

ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ވަލީއަހުދު ވިދާޅުވެފައިވަނީ އޭނާ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގަބޫލުކުރައްވަނީ ހަޝޯގީ މަރާލީ އޭނާ އެ ގައުމުގެ ކަންތައްތައް ބަލަހައްޓަވަމުން ދަނިކޮށް ކަމަށްވާތީ ކަމަށެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި 2018 ވަނަ އަހަރު މަރާލި ހަޝޯގީއާ ބެހޭ ގޮތުން ވަލީއަހުދު ކުރިން އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު ވަލީއަހުދު އެފަދައިން ވިދާޅުވީ އެމެރިކާގެ ފްރޮންޓްލައިން ކިޔާ ޕްރޮގްރާމަކުން ކުރިއަށް އޮތް ހަފްތާގައި ދެއްކުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓްރީއެއްގަ އެވެ.

ހަޝޯގީ މަރާލި މީހުން ސަރުކާރުގެ ޕްރައިވެޓް ޖެޓުތައް އެކަމުގައި ބޭނުންކުރިތޯ ސުވާލު ކުރުމުން ވަލީއަހުދު ވިދާޅުވެފައިވަނީ ޕްރައިވެޓް ޖެޓުތައް ބޭނުން ކުރުމުގެ ބާރު އޭނާގެ އޮފިޝަލުންނާއި މިނިސްޓަރުންނަށް ލިބިގެންވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ، ސައުދީ ކޮންސިއުލޭޓު ތެރޭގައި ހާޝުގްޖީ މަރާލި ކަމަށް ހަބަރު ފެތުރުމުން ސައުދީން އެކަން ދޮގުކުރި ނަމަވެސް ފަހުން އެގައުމުން ވަނީ ހަޝޯގީ މަރާލީ ވެރިންގެ އަމުރަކާ ނުލައި، އަމިއްލައަށް މަސައްކަތް ކުރި ބަޔަކު ކަމަށް ބުނެފައެވެ.

ސައުދީގެ ޖާސޫސީ އިދާރާގެ އޭރުގެ ވެރިޔާ، އަހުމަދު އަސީރީގެ އަމުރަށް ހަޝޯގީ ސައުދީ ގެންދަން މަސައްކަތް ކުރަނިކޮށް، ހިނގި ހާދިސާއެއް ކަމަށް ބުނެ، އެމައްސަލާގައި އަސީރީ ވަނީ ފަހުން މަގާމުން ވެސް ދުރުކޮށްފައެވެ.

މި ކަމާ ގުޅޭ ގޮތުން، އެމެރިކާގެ ސީއައިއޭ އިން ނިންމާފައި ވަނީ ހަޝޯގީ މަރާލުމުގެ އޯޑަރު ދިން ކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. އަދި ސީދާ ވަލީއަހުދުގެ ނަން ގަނެފައި ނުވި ނަމަވެސް، މި ކަމުގައި ސައުދީ ސަރުކާރުގެ އެންމެ "މަތީ ފަންތިން" ބައިވެރިވެފައިވާ ކަމަށް ތުރުކީއިން ވެސް ތުހުމަތުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
3 އޮކްޓޯބަރ 2019 | ބުރާސްފަތި 09:57
ފަސާދަ
ތިޔައީ ބޮޑު ސައިތާނެއް. އަންނިމެންގޮތަށް ޔާހޫދީން އިސްލާމްދީނުގެ އުޞޫލްތައް މުގުރައިލުމަށް ބޭނުންކުރާ ނިވާފަތްގަނޑެއް.