ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:05
ކަނޑު އަޑީގެ މަންޒަރުތަކެއް
ކަނޑު އަޑީގެ މަންޒަރުތަކެއް
ޔޫއެން
މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑުތައް ކުރިއަށްވުރެ ބޮޑަށް ހަލާކުވަމުންދާކަމަށް ޔޫއެންގެ ރިޕޯޓުތަކުން ދައްކައިފި
ޔޫއެންގެ ސައިންޓިސްޓުން ބުނާ ގޮތުގައި ކަނޑުގެ ލޮނުގަނޑު ކުރިއަށްވުރެ ބޮޑަށް ދަނީ އުފުލެމުން
ގަނޑުފެންތައް ވިރެމުންދާއިރު އިންސާނުންގެ ސަބަބުން ބައެއް ޖަނަވާރުތައް ދަނީ އެ އެއްޗެހީގެ ވެށި ދޫކޮށް އެހްނެތަންތަނަށް ހިޖުރަން ކުރަންފަށާފަ
ސައިންޓިސްޓުން ކުރިން ދިރާސާކުރީ ދުނިޔޭގެ ހޫނުމިން 1.5 އަކަށް ވުރެ މައްޗަށް ގޮސްފިނަމަ ދުނިޔެ އޮންނާނެ ހާލަތް

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑުތަކާއި ގަނޑުފެނުގެ ސަރަހައްދުތައް ކުރިއަށްވުރެ ބޮޑަށް ހަލާކުވަމުންދާކަމަށް އދ. ގެ ފަހުގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

އދ. ގެ ސައިންޓިސްޓުން ބުނާ ގޮތުގައި ކަނޑުގެ ލޮނުގަނޑު ކުރިއަށްވުރެ ބޮޑަށް ދަނީ އުފުލެމުންނެވެ. އަދި ގަނޑުފެންތައް ވިރެމުންދާއިރު އިންސާނުންގެ ސަބަބުން ބައެއް ޖަނަވާރުތައް ދަނީ އެ އެއްޗެހީގެ ވެށި ދޫކޮށް އެހެންތަންތަނަށް ހިޖުރަ ކުރަންފަށާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ މިފަދަ ނޭދެވޭ އަސަރުތައް ނައްތާލުމަށް ކުރެވެން އޮތް ކަމަކީ ކަރބަން ބޭނުންކުރުން މަދުކުރުން ކަމަށް ސައިންޓިސްޓުން ދެކެއެވެ.

އދ. އިން ނެރުނު މި ރިޕޯޓަކީ އިންޓަރގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ނެރެފައިވާ ހާއްސަ ރިޕޯޓެކެވެ.

ސައިންޓިސްޓުން ކުރިން ދިރާސާކުރީ ދުނިޔޭގެ ހޫނުމިން 1.5 އަކަށް ވުރެ މައްޗަށް ގޮސްފިނަމަ ދުނިޔެ އޮންނާނެ ހާލަތެވެ. އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ބިމަށް ކުރާނެ އަސަރުވެސް އެމީހުން އައީ ދިރާސާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް