ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 18:55
ދި ހޯކްސް ފުޓްސެލް މުބާރާތުގެ ތެރެއިން
ދި ހޯކްސް ފުޓްސެލް މުބާރާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ދަ ހޯކްސް ފުޓްސެލް މުބާރާތް
ދަ ހޯކްސް ފުޓްސެލް މުބާރާތުގެ ނަމުގައި ބ. ކަމަދޫގައި ފުޓްސެލް މުބާރާތެއް ފަށައިފި
މި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވޭ

ދަ ހޯކްސް ފުޓްސެލް މުބާރާތުގެ ނަމުގައި ބ. ކަމަދޫގައި ފުޓްސެލް މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ކަމަދޫ ކައުންސިލާއި ޔޫތް އެސޯސިއޭޝަން އޮފް ކަމަދޫ (ޔަކިސް) ޖަމިއްޔާއާއި ގުޅިގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތެކެވެ.

މި މުބާރާތަކީ ރަށު ފެންވަރުގެ މުބާރާތެއް ކަމަކު މުބާރާތެއް ކަމަކު މި މުބާރާތަކީ އަތޮޅު ފެންވަރުގެ މުބާރާތެއްހާ ކޮލިޓީ މުބާރާތެއް ކަމަށް ކަމަދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މިއީ ރަށު ފެންވަރުގައި މި ގޮތަށް ބޭއްވޭ ފަސްވަނަ މުބާރާތް ކަމަށް ކައުންސިލުން ބުނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 (ވިހި ހާސް ރުފިޔާ) ލިބިގެންދާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 10،000 (ދިހަ ހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ މެޗުތައް ޝަރަފުވެރި ކޮށްދިނުމަށް ބ. އަތޮޅު ރިޒޯޓުތަކުގެ އިސް މުވައްޒަފުން ބައިވެރިވާއިރު މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފަށް ވަނީ ދައުވަތު އަރުވައިފައެވެ.

މި މުބާރާތުގައި މި އަހަރު ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް