ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 08:55
ޔޫތް މިނިސްޓަރ މަހްލޫފް
ޔޫތް މިނިސްޓަރ މަހްލޫފް
ރާއްޖެއެމްވީ
އަހްމަދު މަހްލޫފް
ކްލަބުތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައެއް ނުވާނެ: މަހްލޫފް
ކްލަބްތައް ވަނީ މާލީ ގޮތުން އެހީއަށް ބޭނުން ވެފައި

ސަރުކާރުން ކްލަބުތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައި ނުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ފުރަތަމަ ޑިވިޒަންގެ ކްލަބުތަކަށް ތިން މިލިއަން ރުފިޔާ ދިނުން އެއީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ފުޓުބޯޅަ ފޯރިއާއެކު ކުޅުނީ ތިން މިލިއަން ރުފިޔާ ސަރުކާރުން ދީގެން ނޫންކަމަށެވެ.

ކުލަބްތަކަށް ލާރި ނުލިބިގެން ތިންމިލިޔަން ރުފިޔާއޭމިކިޔާ މައްސަލައިގައި އަޅުގަނޑުމެންނާ އެވާހަކަ އެބަ އަމާޒުވޭ. އަޅުނގަޑުމެން ކުލަބުތަކާއި ވާހަކަ ދެއްކިން އެކަމަކު ބައެއް ކުލަބުތަކުން ބޭނުމެއް ނުވި އަޅުގަނޑުމެންނާއެކީ އެގޮތަށް ކުރިޔަށް ދާކަށް. މިއަދުވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި ނިންމާކަސްވެސް ބޭނުމެއްނޫން ކުރީގަ އެ ދިންގޮތަށް ކުލަބުތަކަށް ތިންމިލިޔަން ރުފިޔާ ދީގެން ރާއްޖޭގެ ފުޓްބޯޅަ ހިންގާކަށް. ދައުލަތުން ކުލަބުތަކށް ތިން މިލިޔަން ރުފިޔާ ދީގެނެއްނޫން މީގެ ކުރިންވެސް ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތައް ކުރިޔަށް ގެންގޮސްފައި ހުރީކީ. އެހެންނަމަވެސް ކުލަބުތަކަށް ދަތިވީމަ މިއަހަރު ވެސް ކޮންމެ ކުލަބަކަށް ދެ ލައްކަ ރުފިޔާ މިނިސްޓްރީން ދިނިން. އަދި ކޯޗުގެ މުސާރަ ވެސް ކުރިއެކޭ އެއްގޮތަށް އެބަދެން. އެއީ އެކަށީގެންވާ މިންވަރެއް. ދެން ކުރިން ވެސް ކުލަބުތައް ރަން ކުރިގޮތަށް މިއަދުވެސް އެކަން ކުރެވޭނެ
ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް

މިނިސްޓަރ މިހެން ވިދާޅުވިއިރު ސަރުކާރުން ނިމިދިޔަ ސީޒަނުގައި ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ކަމަށް ބުނެ ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޒަނުގައި ކުޅޭ ކްލަބުތަކަށް ތިން މިލިއަން ރުފިޔާ ދީފައެވެ.

ފުރަތަމަ ޑިވިޒަނުގެ ކްލަބުތަކުންދަނީ ސަރުކާރުން މީގެ ކުރިން ދެމުން އަންނަ ތިން މިލިއަން ރުފިޔާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މީގެ ތެރެއިން ބައެއް ކްލަބުތަށް އިނދަޖެހުމާއި ގާތަށް އައިސްފައި ވާއިރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބުން އަންނަނީ ލީގުގެ ދެވަނަ ބުރުގައި ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދިފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވެން އޮތީ އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއަރުވައިގެން ކަމަށާއި ބޭނުން ވަނީ ކްލަބުތަކަށް ފަހި ގޮތްގޮތް ހޯދުމަށް ކަމަށާއި އަދި ޓީމުތަކާއެކު އޮތް ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ނިއުރޭޑިއަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ވަރަށް ބޭނުންވާ ކަމަށާއި ނަމަވެސް ބަޔަކު ހާވައިފައިވާ ހަޑިއެއްގެ ޒިންމާ ސަރުކާރުން ނުނަގާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް