ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 17:19
ލަނޑަަށްފަހު ބެންޒެމާ އުފާ ފާޅު ކުރަނީ
ލަނޑަަށްފަހު ބެންޒެމާ އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ސެވިއްޔާ ބަލިކޮށް ރެއާލުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފި
މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ސެވިއްޔާ ބަލިކޮށް ރެއާލުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މި މެޗު ރެއާލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ އަވަސް ކުޅުމެކެވެ.

މި މެޗުގައި ސެވިއްޔާއިން ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލަށް ފޮނުވާލި ނަމަވެސް ރެއާލްގެ ޑިފެންޑަރުން ވަނީ ސެވިއްޔާގެ ހަމަލާތައް ހުއްޓުވައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ރެއާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސެވިއްޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ރެއާލުން ވަނީ ފުލުފުލުގައި ސެވިއްޔާގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާވަހާލްގެ އެހީތެރިކަމާއިއެކު އިތުބާރު ފޯވާޑް ބެންޒެމާ އެވެ.

ލަނޑަށްފަހު ވެސް ރެއާލުން ވަނީ ސެވިއްޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ރެއާލްގެ ހަމޭސް ފޮނުވާލި ބޯޅަތައް ހިމެނެއެވެ. ރެއާލްގެ ހަމަލާތައް ވަނީ ސެވިއްޔާގެ ކީޕަރު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ރެއާލުން 11 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައި އޮތް އިރު ލީގު ތާވަލުގެ އެއްވަނައިގައި ބިލްބާއޯއިން އޮތީ ވެސް 11 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ސެވިއްޔާ އޮތީ 10 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް