Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 18:42
އޭސީސީގެ އަހަރީ ރިޕޯޓް ނެރުމުގެ ހަފްލާގެ ތެރެއިން
އޭސީސީގެ އަހަރީ ރިޕޯޓް ނެރުމުގެ ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
އޭސީސީ
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
ވޭތުވެދިޔަ ފަސް އަހަރު ތެރޭ 3.5 މިލިޔަން ރުފިޔާ ދައުލަތަށް ހޯދުމަށް މައްސަލަ ޝާަރީޢަތަށް ފޮނުވުމަށް ޕީޖީ އަށް ފޮނުވާފައިވޭ

މިދިޔަ އަހަރު ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިޔުޓާ ޖެނެރަލްގެުއޮފީހަށް ފޮނުވާފައިވާ މައްސަލަތަކަގައި ދައުލަތަށް 10،329،233 (ދިހަ މިލިޔަން ތިން ސަތޭކަ ނަވާވީސް ހާސް ދުވަސައްތަ ސާޅީސް ހަތަރު ރުފިޔާ) ހޯދުމަށް އެދިފައިވާނެ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަނުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ކޮރޮޕްޝަންގެ އަމަލެއް އެކުލެވިގެންވާ ކަމަށް 817 މައްސަލަ އެއް ނިންމާފައިވެއެވެ، އަދި މިދިދޔަ އަހަރު ނިންމި އެ މައްސަލަތަކުގެ ތެރެއިން 14 މައްސަލައަކާއި 2015 ވަނަ އަހަރު ނިންމި 2 މައްސަލައާއެކު ޖުމްލަ 16 މައްސަލައެއް ޝަރީޢަތަށް ފޮނުވުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ،

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 506،073،41،268 (ފަސްސަތޭކަ ހަ މިލިޔަން ހަތްދިހަ ތިން ހާސް ދުވިސައްތަ ފަސްދޮޅަސް އަށް ރުފިޔާ ސާޅިސް އަށް ލާޓީ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ޝަރީޢަތަށް ހުށަހެޅުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 20:16
Bisham
Bala dhauvaa kuran fonuviuas ma ekan kuraaka nujehey.. masha muhinmee magey kotarikolhu reethi koh, muvazafun nah biru dhakaa office ge gadharu veyyaa modelun.