ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 10:03
ޕަތީ، ޕަތުނީ އޯރް ވޯގެ ތަރިން
ޕަތީ، ޕަތުނީ އޯރް ވޯގެ ތަރިން
ބޮލީވުޑް ޓެބްލޮއިޑް
ޕަތީ ޕަތްނީ އޯރްވޯ
ޕަތީ، ޕަތުނީ އޯރް ވޯ ފިލްމުގެ އެންމެ ފަހުގެ ޝޫޓިންތައް ފަށައިފި
ފިލްމުގެ ކާސްޓިން އިއުލާން ކޮށްފައިވަނީ ޖެނުއަރީ މަހު
1978 އަހަރު ނެރުނު ފިލްމުގެ ރިމޭކެއް

ބާގްބާން ފަދަ މޮޅެތި ފިލްމުތައް އުފައްދާފައިވާ ބަލްދޭވް ރާޖް ކަޕޫރް 1978 ވަނަ އަހަރު ހަދާފައިވާ ހެއްވާ މަޖާ ފިލްމު ''ޕަތީ ޕަތުނީ އޮރް ވޯ'' ގެ ރިމޭކްގެ އެންމެ ފަހުގެ ޝޫޓިންތައް ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ދެބައިކުޅައި އެއްބައި ލަކްނޯ ގައި ނެގުމަށް ފަހު ފިލްމުގެ ބާކީ މަންޒަރުތަކުގެ ޝޫޓިން މުމްބާއީގައި ވަނީ ފަށާފައެވެ. އެގޮތުން މުމްބާއީގައި ލަވައެއް ނަގަން މަންޒަރުތައް ނަގަން ހަމަޖެހިފައިވާއިރު މި މަހު ފަހުކޮޅު ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ. އެފިލްމުގެ ކާސްޓުންގެ ނަންތައް އިއުލާން ކޮށްފައިވަނީ މި މަހުގެ ޖެނުއަރީ މަހުއެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަކީ، ''އާކާޝްވާނީ'' ފިލްމު އިން އާއްމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ ކާރްތިކް އާރްޔާން އާއި ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ޗަންކީ ޕާންޑޭގެ ދަރިފުޅުގެ އިތުރުން އަނަންޔާ ޕާންޑޭއެވެ.

މި ފިލްމުން ފެނިގެން ދަނީ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނަ އަންހެނެއްގެ ވާހަކައެވެ.

ޓީ-ސީރީޒް އާއި ބީއާރް ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓީ-ސީރީޒްގެ ޗެއާމާން ބޫޝަން ކުމާރު ބުނީ، މި ފިލްމު ވެގެން ދާނީ ބެލުންތެރިން ވަރަށް ގަޔާވާނެ ފަދަ ފިލްމަކަށް ކަމަށެވެ. އަދި ފިލްމުގެ ލީޑްރޯލް ގައި ހަރަކާތްތެރިވާ ތިން ތަރިންނަކީވެސް ވަރަށް ހުނަރުވެރި ތަރިން ކަމަށް އޭނާ ވަނީ ބުނެފައެވެ. ކާރްތިކް ވަނީ މީގެ ކުރިންވެސް ޓީ–ސީރީޒްގެ ''ސޯނު ކީ ޓިއްޓޫ ކީ ސްވީޓީ'' ފިލްމުގައި ހަރަކާތްތެރިވެފައެވެ.

- ކޮމެންޓް