Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 17:22
އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ
އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ
މުހައްމަދު ޝަރުހާން
އަބުރު ފަންޑު
އަބުރު ފަންޑަށް ދަނީ ތަރުހީބު ލިބެމުން!
އަބުރު ފަންޑު ފޮށި ބަހައްޓާފައިވަނީ ރާއްޖެޓީވީ އޮފީހުގައި
ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފައިސާ ހަދިޔާ ކުރަމުން
ރާއްޖެޓީވީ އާއި ނޫސްވެރިން ތަފާތު މައްސަލަތައް މެދުވެރިކޮށް އަންނަނި ބޮޑެތި އަދަދު ތަކުން ޖޫރިމަނާކުރަމުން

އަބުރު ފަންޑަށް ތަރުހީބު ލިބަމުން އަންނަ ކަމަށް ރާއްޖެޓީވީގެ މެނޭޖްމެންޓުން ބުނެފި އެވެ. 

އަބުރު ފަންޑު ފޮށި ބަހައްޓާފައި ހުރީ ރާއްޖެޓީވީގެ ރިސެޕްޝަންގަ އެވެ. ރާއްޖެޓީވީ ހުންނަނީ ހިތަށް ފިނިވާމަގުގައި އަލޯރާ ފިހާރަ ކުރިމައްޗަށް ވާގޮތަށެވެ.

މި ފަންޑު ފޮއްޓާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ވިދާޅުވީ، ފަންޑު ފޮށި ބަހައްޓާފައިވަނީ ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުންދާތީ އެ ފައިސާ ދެއްކުމަށް ކަމަށެވެ.

އެގޮތުން އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާއިރު ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު ވެސް ވަނީ 3،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ފިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެޓީވީ ޖޫރިމަނާކޮށް، އަދި ނޫސްވެރިންނަށް އަދަބުދެމުން ދަނީ ރާއްޖެޓީވީ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެޓީވީގެ ނޫސްވެރިން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވޭ މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގައި އޮތް މި ސްޓޭޝަންގެ އެހެން މައްސަލައިގައި 800،000ރ. އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްލާނެކަން. މިދަނީ ސީދާ ރާއްޖެޓީވީ ބަންދުކުރުމާ ދިމާއަށް،" ފިޔާޒު ވިދާޅުވިއެވެ.

ނުހައްގުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ، ބިރު ދައްކައިގެން އަދަބު ދީގެން ވެސް ރާއްޖެޓީވީގެ ނޫސްވެރިންގެ ހިތްވަރު ބަލި ނުކުރެވޭނެކަން އެނގޭތީ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެނޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

ފަންޑު ފޮއްޓަށް އެހީ ދެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު ވެސް ހިމެނިވަޑައިގަންނަވަ އެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 15:05
ޢަލީ
AC Kobaa nomber