Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 12:29
އަލިފާނުގެ ހާދިސާގެ ކަންކަން ބެއްލެވުމުގައި ރައީސް ސޯލިހު
އަލިފާނުގެ ހާދިސާގެ ކަންކަން ބެއްލެވުމުގައި ރައީސް ސޯލިހު
ރައީސް އޮފީސް
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ވަގުތު ފަސްކޮށްފި
އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ރައީސް ބެއްލެވި
ދަތުރުފުޅު ފަސްކޮށްފައިވަނީ ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުން
ކުރިން އޮތީ ހޮނިހިރު ދުވަހުގެ ހެނދުނު ފުރާވަޑައިގަންނަ ގޮތަށް

ހުކުުރު ދުވަހުގެރޭ ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ، ކައިރީ ގެތަކަށް ފެތުރުނު އަލިފާންގަނޑުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ވަގުތު ފަސްކޮށްފިއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ދަތުރުފުޅު ފަސްކޮށްފައިވަނީ ނިންމަންޖެހޭ ބައެއް ކަންކަން ހުރުމާއި ގުޅިގެން ކަމަށާއި، މިއަދު ކައުންސިލު ބައްދަލުވުންތަކެއްވެސް ރޭވިފައިވާ ކަމަށެވެ.

ނިއު ޔޯކް ކޮންވެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދަތުރުފުޅު ކުރިން ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތަކަށެވެ. ނަމަވެސް ނިންމަންޖެހޭ ކަންކަން ހުރުމާއެކު ހޮނިހިރު ދުވަހުގެ ހަވީރު ފުރާވަޑައިގަތުމަށް ވަނީ ހަމަޖައްސާފައެވެ.

ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު މިހާދިސާއާ ގުޅިގެން 7 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

އެގޮތުން މި ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާއި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖުލީހުގެ ކުއްލި ބައްދަލުވުމެއްގައި ހުކުރު ދުވަހުގެރޭ ވަނީ މަޝްވަރާތައް ކުރައްވާފަ އެވެ. އޭގެ އިތުރުން ރައީސް ސޯލިހު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބައްލަވައި، ހާލުގައި ޖެހުނު ފަރާތްތަކާއި ބައްދަލުވެސް ކުރައްވާފައެވެ.

މިހާދިސާގައި ތ.ބުރުނީއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އައިޝަތު ޝައުނާ ކިޔާ އަންހެނަކު ދުނިޔެ ދޫކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 12:32
އސ
ޝުކުރިއްޔާ ރައީސް ޞާލިޙް