ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 15:25
ރާޒީގެ ބަތަލާ އާލިއާ ބަޓް
ރާޒީގެ ބަތަލާ އާލިއާ ބަޓް
ސީއެންބީސީ
އައިފާ
އައިފާ 2019: އެންމެ މޮޅު ފިލްމަކަށް ރާޒީ
ބެސްޓް އެކްޓަރަަކަށް ހޮވިފައިވަނީ ރަންވީރު ސިންހް

ވިހި ވަނަ އައިފާ އެވޯޑްގައި އެންމެ މޮޅު ފިލްމަކަށް ޒުވާން ތަރި އާލިއާ ލީޑް ރޯލް ކުޅެފައިވާ ފިލްމު ''ރާޒީ'' ހޮވިއްޖެއެެވެ.

ރާޒީ ބިނާކޮށްފައި ވަނީ އިންޑިއާގެ ލިޔުންތެރިޔާ ހަރިންދްރަ އެސް. ސިންގް 2008 ގައި ނެރުނު ވާހަކަ ކޯލިން ސެހެމަތު އަށެވެ. ފިލްމުގައި އާލިއާގެ ބައްޕަގެ އެދުމަށް ޖާސޫސު ކުރުމަށް އޭނާ ވިކީ ކޯޝަލްއާ ކައިވެނި ކުރެއެވެ. އޭނާ އަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ. އާލިއާ ފެނިގެންދަނީ ޕާކިސްތާނުގެ ސިފައިންގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ކަޝްމީރުގެ އަންހެނެއްގެ ރޯލެވެ. އާލިއާ އަކީ އިންޑިއާގެ ޖާސޫސީ އިދާރާގެ ޖާސޫސެކެވެ.

އެންމެ މޮޅު އެކްޓަރަކަށް ލިބިފައިވަނީ ރަންވީރް ސިންހް އަށެވެ.

އައިފާގެ މުހިއްމު ވަނަތައް:

  1. ބެސްޓް ޑައިރެކްޝަން: ސިރީރާމް ރާގަވަން (އަންދާދުން)
  2. ބެސްޓް އެކްޓަރ: ރަންވީރު ސިންހް (ޕަދްމާވަތް)
  3. ބެސްޓް އެކްޓްރެސް: އާލިއާ ބަޓް (ރާޒީ)
  4. ބެސްޓް ޕްލޭބެކް ސިންގަރ (މޭލް): އަރްޖީތް ސިންހް
  5. ބެސްޓް ޕިކްޗާރ: ރާޒީ
  6. ބެސްޓް ޕްލޭބެކް ސިންގަރ (ފީމޭލް): ހަރްޝްދީޕް ކޯރް
  7. ބެސްޓް ލިރިކްސް: އަމީތާބް ބަޓްޗަރިއާ
  8. ބެސްޓް ސްޓޯރީ: އަންދާ ދުން
  9. ބެސްޓް ޑެބިއުޓަންޓް (ފީމޭލް): ސާރާ އަލީ ހާން
  10. ބެސްޓް ޑެބިއުޓަންޓް (މޭލް) : އީޝަން ހައްތަރު
  11. ބެސްޓް ސަޕޯޓިން އެކްޓަރ ( މޭލް) : ވިކީ ކައުޝަލް ( ސަންޖޫޫ)
  12. ބެސްޓް ސަޕޯޓިން އެކްޓަރ ( ފީމޭލް): އަދިތީ ރާއޯ ހައިދަރީ ( ޕަދްމާވަތް)

ބުދަ ދުވަހުގެރޭ ބޭއްވި އެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ވަނީ އެކި ކަހަލަ ސްޓޭޖް އައިޓަމްތައް ހުށައަޅައިދީފައެވެ.

- ކޮމެންޓް