ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:50
އެތްލެޓިކޯ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
އެތްލެޓިކޯ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ބީބީސީ
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު: އެތްލެޓިކޯ އަދި ޔުވެންޓަސް ގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ އަދި ޔުވެންޓަސް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމަށްވެސް މި ހާފުގައި މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ގައި ޔުވެންޓަސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހިގުއެންގެ އެހީތެރިކަމާއިއެކު ކޮޑްރާޑޯއެވެ.

ލަނޑަށްފަހު ވެސް ޔުވެންޓަސް އިން ވަނީ އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސްގެ އެހީތެރިކަމާއި އެކު މަޓުއެޑީއެވެ.

މި ލަނޑަށްފަހު އެތްލެޓިކޯއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެތްލެޓިކޯއިން ވަނީ ލަނޑެއް

ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓިވަން ސެވިކްއެވެ.

އެތްލެޓިކޯއިން ވަނީ އެޓީމުން ޖެހި ލަނޑަށްފަހު ވެސް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރޭރާ އެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި ޔުވެންޓަސްގެ ރޮނާލްޑޯ އެތްލެޓިކޯގެ ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މި ނަތީޖާއާއިއެކު ޔުވެންޓަސް ގްރޫޕްގެ ދެވަނައިގައި އޮތް އިރު އެއްވަނައިގައި އޮތީ މޮސްކޯއެވެ. އަދި ތިން ވަނައިގައި އޮތީ އެތްލެޓިކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް