ކޫލީ ނަންބަރ 1 ގެ ޕޯސްޓަރު ނެރުނުއިރުން ފެށިގެން ސާރާ އަލީ ހާން އާއި ވަރުން ދަވަންގެ ފޭނުން ތިބީ ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. އެހެން ނަމަވެސް ފޭނުންނަށް ލިބުނު އެންމެ ހައިރާން ކުރިވި ހަބަރަކީ ފިލްމުގެ ސެޓްގައި ރޯވީ ހަބަރެވެ.
ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ ފިލްމިސްތާން ގައި ހުންނަ ކޫލީގެ ސްޓޫޑިއޯގައި އަލިފާން ރޯވި ގަޑީގައި ފަނަރަ މީހަކު ދިޔައީ ސެޓްގައި ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވަން މެދުވެރިވި ސަބަބު މިހާތަނަށް ހަމާކޮށްފައެއް ނުވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޫލީގެ ޕްރޮޑިއުސަރ ޖެކީ ވަނީ ބުނެފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސެޓްގައި ހިނގި އަލީފާނުގެ ގެއްލުން 2.5 ކްރޯޑަށް ވަނި އަރާފައެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިން މެދު ނުކެނޑި ކުރިޔަށްދާނެ ކަމަށް ފިލްމް ޕޮރްޑަކްޝަނުން ވަނީ ބުނެފައެވެ. މިދިޔަ ހަފްތާގައި ފިލްމުގެ ބައެެއް މަންޒަރުތައް ބެންކޮކްގައި ނަގާފައިވާއިރު ދެން ކުރިޔަށްދާނީ މުމްބާއިގައި ނަގާ މަންޒަރުތަކެވެ.
ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމް "ކޫލީ ނަމްބަރު1" ރީމޭކް ގެ ޝޫޓިންތައް ފަށާފައިވަނީ މިދިޔަ މަހުއެވެ. ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ މިދިޔަ އަހަރު "ކެދަރްނާތް" އިން ބޮލީވުޑަށް ތަޢާރަފްވި ސާރާ އަލީ ޚާން އާއި ވަރުން ދަވަންއެވެ.
1995 ވަނަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމް "ކޫލީ ނަމްބަރު1" ގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ. މި ފިލްމަކީ "ޖުޅުވާ2" އަށް ފަހު ވަރުން އޭނާ ގެ ބައްޕަ ޑޭވިޑް ދަވަން އާއި އެކު މަސައްކަތް ކުރާ ފިލްމެވެ. ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހުގެ 17 ގައި ރިލީޒް ކުރި ފިލްމް "ކަލަންކް" އިންނެވެ. އަދި ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި ދިޔަ އަހަރު ރިލީޒް ކާމިޔާބު ފިލްމް "ސިމްބާ" އިންނެވެ.