Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 09:24
ޝޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)
ޝޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)
ގޫގުލް
ލޫކަސް ޖަލީލް
ޓުވީޓްކުރުން ހުއްޓުވޭނީ އިނގިލިތައް ކަނޑައިގެން: ލޫކަސް
ލޫކަސްގެ ފޯނު ވަނީ އަތުލާފަ
ފޯނު އަތުލީ ފިތުނަ އުފައްދާ ކަމަށްބުނެ ކޯޓު އަމުރެއްގެ ދަށުން

ފ އަތޮޅު ސަލާމަތް ކުރުމަށް ގޮވާލާ ކުރާ ޓްވީޓްތައް ހުއްޓުވޭނީ، އިނގިލިތައް ކަނޑައިގެން ކަމަށް ޝޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ބުނެފިއެވެ.

ފ އަތޮޅު ބިދޭސީ ފަރާތްތަކަށް ނުވިއްކުމަށް ގޮވާލާ ކުރަމުންދާ ޓްވީޓްތަކާއި ގުޅިގެން، ހުކުރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން ފޯނު އަތުލާފައިވަނިކޮށް، ހުކުރު ދުވަހުގެރޭ ލޫކަސް ކުރި ޓްވީޓެއްގައި ލޫކަސް ބުނެފައިވަނީ، ޓްވީޓް ކުރުން ހުއްޓުވޭނީ (އެފަދަ ޓްވީޓް ކުރާ ފަރާތްތަކުގެ) އިނގިލިތައް ބުރިކޮށްގެން ކަމަށެވެ. މި ޓްވީޓްގައިވެސް ލޫކަސް ވަނީ ފ އަތޮޅު ސަލާމަތް ކުރުމަށް ގޮވާލާފައެވެ.

ލޫކަސްއަކީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް، ސަރުކާރަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ އަޑުތައް ފެތުރުމާއެކު، އެކަމާއި ދެކޮޅަށް ވެސް ވަރަށް ފާޅުގައި ޓްވީޓްތައްކޮށް ހަދާފައިވެއެވެ. އެގޮތުން ލޫކަސް ވަނީ އަރަބި ބަހުން ވެސް ޓްވީޓްތަކެއް ކޮށްފަ އެވެ.

ޓްވީޓް ކުރާތީ، ހުކުރު ދުވަހު ލޫކަސްގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، ލޫކަސްގެ ފޯނު އަތުލުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުލްބާރީ ޔޫސުފް ދެއްވާފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ މައްސަލަ އާއި، ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ލޫކަސް ޖަލީލްގެ ފޯނާއި، ސިމް ކާޑުތައް ތިން މަސް ދުވަހަށް ހިފެހެއްޓުމަށް ހުއްދަދޭ ކަމަށެވެ.

ލޫކަސްކުރި ޓުވީޓްތަކަކާ ގުޅިގެން މިދިޔަ އަހަރު ވެސް އޭނާ ހައްޔަރުކޮށް، އެތަށް ފަހަރެއް މަތިން ބަންދުގެ މުއްދަތު އިތުރުކޮށް ޖަލުގައި ގެންގުޅެފައި ވެއެވެ. އެގޮތުން އެ ފަހަރު ލޫކަސް ހައްޔަރުކީ، ސަލާމަތީ ބާރުތަކުގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތަށް ދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެންމެ ފަހުން ލޫކަސް ދޫކޮށްލަން ފުލުހުންނަށް މަޒުބޫރުވީ، ލޫކަސް ބަންދުގައި ގެންގުޅެނީ އެކަށީގެންވާ ސަބަބަކައި ހެއްކި ނެތި ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 07:39
ރީތި.މޫސަ
ދުނިޔެއަށް އިންސާނާ ފޮނުއްވާފަވަނީ ދުނިޔެއާރާސްތު ކުރުމަށް ދުނިޔެހަލާކުކުރާކަށްނޫން އަހަރުމެންނަށް ޚަބަރެއްލިބިއްޖެނަމަ އެޚަބަރެއްތެދުތޯ ބަލާފަނޫނީ އާއްމުކުރުމީ ދީނުގަވެސް ހުއްދަކަމެއްނޫން މީހާގެ މޮޅުކަމަކި ގަދަބަސްބުނުމެއްނޫން ރިވެތިއަޚްލާޤު ދެއްކުން