ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 18:32
ަސްޓިމެކް
ަސްޓިމެކް
ގޯލް.ކޮމް
ވޯލްޑްކަޕް
2022 ގައި ބޭއްވޭ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑްކަޕަށް: ސްޓިމެކް
އިންޑިއާގެ ކޯޗު ވަނީ ގަތަރަށް ތައުރީފު ކޮށްފައި

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް ކަމަށް އިންޑިއާގެ ކޯޗު އިގާ ސްޓިމެކް ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އިންޑިއާ އަދި ގަތަރު ބައްދަލުކުރި މެޗަށްފަހު މީޑިއާއަށް ދިން އިންޓަރވިއުގައި ސްޓިމެކް ބުނީ ގަތަރުގައި ބޭއްވިގެންދާ ވޯލްޑްކަޕަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު ވޯލްޑްކަޕަކަށް ވެގެންދާނެކަމަށާއި، ގަތަރުން އެކަން ސާބިތު ކޮށްދޭނެކަމުގެ ޔަގީންކަން އޮތަކަމަށެވެ.

އިންޑިއާގެ ކޯޗު ބުނީ މީގެ ދެއަހަރު ކުރިން އޭނާ ގަތަރުގެ ޓީމަކަށް ކޯޗުކަން ކޮށްދިން ކަމަށާއި އޭރާއި މިހާރާއި ބަލާފައި ގަތަރުގައި ހުރި ފެސިލިޓީސް ގިނަ ކަމަށާއި އަދި އަލަށް ހަދަމުންދާ ދަނޑުތަކުގެ ފެންވަރު ރަނގަޅު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ގަތަރުގައި ބޭއްވޭ ވޯލްޑްކަޕް ނޮވެމްބަރު އަދި ޑިސެމްބަރުގައި ކުޅުމަކުން މައްސަލައެއް ނެތް ކަމަށާއި ޔޫރަޕްގެ ފުޓުބޯޅަ ކްލަބްތަކަށް މި ކަމުގެ ސަބަބަން ގެއްލުމެއް ނުވާނެކަމަށެވެ.

ދުނިޔޭގެ ބޮޑެތި ލީގުތަކުން ނޮވެމްބަރ އަދި ޑިސެމްބަރ ގައި މެޗުތައް ކުޅޭ އިރު 2022 ވަނަ އަހަރުގައި އެ މުއްދަތުގައި ބޮޑެތި ލީގުތަކުގެ ބްރޭކް ނެގުމަށް ވަނީ ހަމަޖައްސައިފައެވެ. މިކަމަށް ޔޫރަޕާއި ދެކުނު އެމެރިކާގެ އިތުރުން އެފްރިކާގެ ގައުމުތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

2022 ވަނަ އަހަރު ކުރިޔަށްދާ ވޯލްޑް ކަޕް ކުރިޔަށް ދާނީ އެންމެ 28 ދުވަހުއެވެ. ފީފާއިން ބުނީ މިގޮތައް ނިންމީ ކްލަބްތަކަށް ދިމާވެދާނެ ދަތިތައް ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް 2018 ގައި ބޭއްވީ ރަޝިޔާގައެވެ. އެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފްރާންސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް