Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 21:35
ލޫކަސް ޖަލީލް ފުލުހުންގެ ބަންދަށް ގެންދަނީ - ލޫކަސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ފޯނު އަތުލާފަ
ލޫކަސް ޖަލީލް ފުލުހުންގެ ބަންދަށް ގެންދަނީ - ލޫކަސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ފޯނު އަތުލާފަ
ގޫގުލް
ލޫކަސް ފުލުހަށް
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
ލޫކަސްގެ މައްޗަށް ތުހުމަތުކުރަނީ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށް
ލޫކަސް ވަނީ ފ. އަތޮޅު ވިއްކާނުލުމަށް ގޮވާލާ ގިނަ ޓުވީޓްތަކެއް ކޮށްފަ
އަރަބި ބަހުންވެސް ލޫކަސް ޓުވީޓްކޮށްފައިވޭ

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލް) ގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

 

ފުލުހުންގެ އިދާރާއަށް ލޫކަސް ޖަލީލް ހާޒިރުކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ލޫކަސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން ވަނީ އަތުލާފަ އެވެ.

 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ދެއްވާފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ މައްސަލަ އާއި، ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ލޫކަސް ޖަލީލްގެ ފޯނާއި، ސިމް ކާޑުތައް ތިން މަސް ދުވަހަށް ހިފެހެއްޓުމަށް ހުއްދަދޭ ކަމަށެވެ.

 

އެނގިފައިވާ ގޮތުގައި ލޫކަސްގެ ފޯނު އަތުލާފައި ވަނީ، ފ. އަތޮޅު ވިއްކާލުމާއި ދެކޮޅަށް އޭނާ ކޮށްފައިވާ ޓުވީޓްތަކެއްގެ ސަބަބުންނެވެ. ލޫކަސްއަކީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް، ސަރުކާރަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ އަޑުތައް ފެތުރުމާއެކު، އެކަމާއި ދެކޮޅަށް ވެސް ވަރަށް ފާޅުގައި ޓްވީޓްތައްކޮށް ހަދާފައިވެއެވެ. އެގޮތުން ލޫކަސް ވަނީ އަރަބި ބަހުން ވެސް ޓްވީޓްތަކެއް ކޮށްފަ އެވެ.

 

ލޫކަސްކުރި ޓުވީޓްތަކަކާ ގުޅިގެން މިދިޔަ އަހަރު ވެސް އޭނާ ހައްޔަރުކޮށް، އެތަށް ފަހަރެއް މަތިން ބަންދުގެ މުއްދަތު އިތުރުކޮށް ޖަލުގައި ގެންގުޅެފައި ވެއެވެ. އެގޮތުން އެ ފަހަރު ލޫކަސް ހައްޔަރުކީ، ސަލާމަތީ ބާރުތަކުގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތަށް ދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެންމެ ފަހުން ލޫކަސް ދޫކޮށްލަން ފުލުހުންނަށް މަޒުބޫރުވީ، ލޫކަސް ބަންދުގައި ގެންގުޅެނީ އެކަށީގެންވާ ސަބަބަކައި ހެއްކި ނެތި ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް