Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 00:17
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ
މުހައްމަދު ޝަރުހާން
މިފްކޯ
ދެތިން އަހަރުތެރޭ މިފްކޯ ހަމައަކަށް އަޅުވާނަން: އިސްމާއިލް ފައުޒީ
އެއްދުވަހެއްގައި ގެންނަ ހުރިހާ މަސް ކިރޭ ވަރުގެ ކެޕޭސިޓީ މިވަގުތު ނެތްކަން ފާހަގަ ކުރެއްވި
ކުރިއަށް އޮތްތާންގައި މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ހުރިކަމަށް ވިދާޅުވި

މިފްކޯގެ ވަސީލަތްތައް ސަރުކާރާއި ގުޅިގެން ޤާއިމްކުރާ ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ސަރުކާރާއި ގުޅިގެން މިފްކޯ ހަމައަކަށް އަޅުވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް މިވަގުތު ދަތިތަކެއް ހުރި ކަމުގައިވީނަމަވެސް ކުރިއަށް އޮތްތާންގައި މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ހުރި ކަމަށެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރު އުތުރުގެ މަސްވެރިކަން މިވަރަށް ރަނގަޅުވެފައި ނުވާކަމަށާއި އެހެންކަމުން އެއްދުވަހެއްގައި ގެންނަ ހުރިހާ މަސް ކިރޭ ވަރުގެ ކެޕޭސިޓީ މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ރަނގަޅުވުމުން ހުރިހާ ދޯނި ފަހަރަށް އައިސް ދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް ގެންނަ ހުރިހާ މަހެއް އެދުވަހެއްގައި ނުކިރޭކަމުގައިވަނީނަމަ އައިސް ދީގެން އަނެއް ދުވަހަށް ހަމަޖައްސާކަމަށެވެ. އެންވެރިކަން ބޮޑަށް އޮތީ ފާދިއްޕޮޅުގައި ކަމަށާއި އެހެންކަމުން ދެކުނުގެ މަސްވެރިންވެސް ފާދިއްޕޮޅަށް ޖަމާވަމުންދާތީ ފެލިވަރު ހިމެނޭ ސަރައްދުން ދުވާލަކަށް 200 ޓަނުގެ މަސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކުރިއަށް އޮތްތާންގައި 300 ޓަނާއި ހަމައަށް ފްރީޒން ކެޕޭސިޓީ ފެލިވަރުގައި ގާއިމް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިން ހިތްހަމަޖެހިގެން މަސްކިރާފައި ދެވޭ ވަރުގެ ޕްލޭނެއް ހަދާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ބަޖެޓް ހަމަޖެހުމަށް ވަގުތުކޮޅެއް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.

މަހުގެ އަގު މިހާރު ހުރި ގޮތުން ދުވަހުން ދުވަހަށް އަގު ދިނުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަ ކުރައްވަފައެވެ. އަދި އިސްމާއިލް ވިދާޅުވީ މިފްކޯގެ ޓާން އެރައުންޑް ސްޓްރެޓެޖީއެއް އެސްޓީއޯއާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް