ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 12:03
ސްރީލަންކާގެ ކްރިކެޓް ޓީމްގެ ފޮޓޯ
ސްރީލަންކާގެ ކްރިކެޓް ޓީމްގެ ފޮޓޯ
ގޫގުލް
ސްރީލަންކާ ކްރިކެޓް ޓީމް
ސަލާމަތީ ސަބަބުތަކަށްޓަކައި ލަންކާގެ ޓީމްގެ ބައެއް ކުޅުންތެރިން ޕާކިސްތާނަށް ދާން ދެކޮޅު
10 ކުޅުންތެރިން ވަނީ ނުދާން ނިންމައިފައި
ކުޅުންތެރިން ނުދާން ނިންމީ ޕާކިސްތާން ހަނގުރާމަވެރިން 2009 ބަހަށް ދިން ހަމަލާއަކާއި ގުޅިގެން

ސަލާމަތީ ކަންތައްތައް ހުރި ގޮތުން ސްރީލަންކާގެ ޤައުމީ ކްރިކެޓް ޓީމްގެ 10 ކުޅުންތެރިޔަކު ޕާކިސްތާނުގައި އޮތް މެޗުތަކަށް ދާން ދެކޮޅު ހަދައިފިއެވެ.

ސްރީލަންކާގެ ކްރިކެޓް އޮފިޝަލުން ބުނީ ޕާކިސްތާނުގައި ކުޅޭ 6 މެޗުގެ ލިމިޓެޑް އޯވަރ ސީރީޒްގައި ބައިވެރިވާން ބޭނުން ނުވާ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އެފުރުސަތު އޮންނާނެކަމަށެވެ.

މި މެޗުތައް އޮންނާނީ ސެޕްޓެމްބަރު 27 ގައި ޕާކިސްތާނުގެ ކަރާޗީގައެވެ. ޕާކިސްތާނުގެ މެޗުތަކަށް ނުދާން ނިންމި ކުޅުންތެރިންގެ ތެރޭގައި ސްރީލަންކާގެ ވަންޑޭ އިންޓަރނޭޝަނަލް ކެޕްޓަން ދިމުތު ކަރުނަރަތުނަ އާއި ލަސިތަ މަލިންގަ އެންޖެލޯ މެތިއުސް، ނިރޯޝާން ޑިކްވެއްލަ ހިމެނެއެވެ. މިއީ ލަންކާ ކްރިކެޓްގެ އެންމެ ނަގާކިޔާ ކުޅުންތެރިންނެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ލަންކާ ކްރިކެޓް ޓީމްގެ އެންމެ މުހިއްމު ކުޅުންތެރިން ޕާކިސްތާނަށް ދާން ދެކޮޅު ހެދިއިރު، 2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރުގައި މެޗެއް ކުޅެން ދިޔަ ލަންކާގެ ޤައުމީ ޓީމު ދަތުރުކުރި ބަހަކަށް ހަނގުރާމަވެރިން ޙަމަލާ ދިނެވެ. އަދި އޭގެ ފަހުން އެޤައުމަށް ބައިނަލްއަޤްވާމީ ކުޅިވަރު ޓީމްތައް ދިޔުން ހުއްޓާލިއެވެ. އަދި އޭގެ ފަހުން ޕާކިސްތާނުގެ ހޯމް ގޭމްސް ގިނައިން ބާއްވާފައިވަނީ ޔޫއޭއީ ފަދަ، އެހެން ޤައުމުތަކުގައެވެ.

ލަންކާގެ ކްރިކެޓް ޓީމްގެ މުހިއްމު ކުޅުންތެރިން ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކިސްތާނަށް ދާން ދެކޮޅު ހެދިއިރު، އިންޑިއާއާއިއެކު އުފެދިފައިވާ ނުތަނަސްކަމުގެ ސަބަބުން ޕާކިސްތާނުގެ އާއްމު މަސްރަހު ވަނީ ހޫނުވެފައެވެ.

- ކޮމެންޓް