Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 12:48
ރާއްޖެޓީވީ
ރާއްޖެޓީވީ
ރާއްޖެއެމްވީ
އަބުރު ފަންޑު
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
އަބުރު ފަނޑު ހުޅުވުން އޮތީ މިއަދު ހަވީރު
ރާއްޖެޓީވީ 200،000ރ. އިން ވަނީ ޖޫރިމަނާކޮށްފައި
ރައީސް ޔާމީންގެ އަބުރަށް ބެހުނު ކަމަށް ބުނެ 800،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭ

"ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ. 

 

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިގޮތަށް ނިންމީ އަބުރުގެ ގާނޫނުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000 ރުފިޔާއިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000 ރުފިޔާއިން އަންގާރަ ދުވަހު ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް 28،500ރ. އިން ޖޫރިމަނާކޮށް ކެމެރާމަން އާދަމް ޒަރީރު ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާތީ އެވެ، 

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ރާއްޖެޓީވީ ޖޫރިމަނާކޮށް، އަދި ނޫސްވެރިންނަށް އަދަބުދެމުން ދަނީ މި ސްޓޭޝަން ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވޭ މިހާރު ބްރޯޑްކާަސްޓިން ކޮމިޝަންގައި އޮތް މި ސްޓޭޝަންގެ އެހެން މައްސަލައިގައި 800،000 ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްލާނެކަން. މިދަނީ ސީދާ ރާއްޖެޓީވީ ބަންދުކުރުމާ ދިމާއަށް،" ފިޔާޒު ވިދާޅުވި އެވެ.

ނުހައްގުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ ފިޔާޒު ވިދާޅުވި ގޮތުގައި ބިރު ދައްކައިގެން އަދަބު ދީގެން ވެސް ރާއްޖެޓީވީގެ ނޫސްވެރިންގެ ހިތްވަރު ބަލި ނުކުރެވުމުންނެވެ.

"އެހެންވެ މި ކަމުގައި އަޅުގަނޑުމެންގެ ލޮބުވެތި ބެލުންތެރިންނާއި ސަޕޯޓަރުންގެ އެހީތެރިކަމަށް ނިހާޔަތަށް އެދެން،" ފިޔާޒު ވިދާޅުވި އެވެ.

ރާއްޖެޓީވީން ހުކުރު ދުވަހު ހުޅުވާލާ އަބުރު ފަންޑު އިފްތިތާހުކުރުން އޮންނާނީ ރާއްޖެޓީވީގެ އޮފީހުގަ އެވެ. ފަންޑަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވި ފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް