Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:20
ރައީސް ނަޝީދު ރިލްވާނުގެ ދައްތަ އާއި ބައްދަލު ކުރައްވަނީ
ރައީސް ނަޝީދު ރިލްވާނުގެ ދައްތަ އާއި ބައްދަލު ކުރައްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ނަޝީދު
ރިލްވާނުގެ މައްސަލާގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅައިދިނުމަށް ނަޝީދު ގޮވާލައްވައިފި
ޕީޖީ ލީޑަރުންނަށް ރިޕޯޓް އެރުވުމުން ތަހުގީގަށް ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވި
އޮފިސަރުން މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތު ދުރުކޮށްފައި: ނަޝީދު
މަޖިލީހުން ދަނީ މައްސަލަ ބަލަމުން

ރަހީނު ކުރުމަށް ފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސާލަގައި ހިމެނޭ ފުލުހުންނާމެދު އަވަސް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާނު ގެއްލުވާލުމާއި ބެހޭ ގޮތުން ތައްޔާރު ކުރި ރިޕޯޓް ވަނީ މަޖިލީހުުގެ ރައީސް އަށް އަރުވާފައެވެ. އެ ރިޕޯޓް މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ނަޝީދު އަރުވާފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

Advertisement

ބުދަ ދުވަހު މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ލީޑަރުން އަތަށް ރިޕޯޓް އެރުވުމުން ރިލްވާނުގެ ތަހުގީގަށް ހުރަސް ނޭޅޭނެ ކަމަށެވެ. އަދި ރިޕޯޓްގައި ހުރި ސިއްރު ހެކިން ހުރީ ސިއްރު ހެކިންގެ ގޮތުގައި ކަމަށާއި، ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު އެމަނިކުފާނަށް އެ ރިޕޯޓް އެރުވިއިރު ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރިޕޯޓް އާއްމުކޮށްގެން ލިބޭނީ ފައިދާ ކަމަށާއި، އެ މައުލޫމާތު ސިއްރު ކޮށްގެން ތަހުގީގަށް ލިބޭނެ ކުރިއެރުމެއް ވެސް ނުވަތަ ޝަރިއަތަށް ލިބޭނެ ކުރިއެރުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީސް ޗުއްޓީ އަށް ދިޔަޔަސް ރިލްވާނުގެ މައްސަލާގައި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަޝީދު ވިދާޅުވީ، އެންމެ އިސްކަމެއްދޭން ޖެހޭނީ އެ މައްސަލާގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އެޅުން ކަމަށެވެ. އެގޮތުން އެކަމުގައި ހިމެނޭ ފަސް ފުލުހުންނާއި މެދު ވީއެންމެ އަވަހަކަށް ފިޔަވަޅު އަޅައިދިނުމަށް ނަޝީދު ވަނީ ގޮވައިލައްވައިފައެވެ. އެހެން ނަމަވެސް ނަޝީދު ފަހުން ވިދާޅުވީ، މިހާރު އެ އޮފިސަރުން ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް