Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 08:57
ސައުދީ ރަސްގެފާނު ރައީސް ޔާމީނާ އެކު
ސައުދީ ރަސްގެފާނު ރައީސް ޔާމީނާ އެކު
އަލްއަރަބިއްޔާ
ފ އަތޮޅު ވިއްކާލުން
ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ
ފ އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށާނެ ކަމަށް ސަރުކަރުން ވަނީ ބުނެފަ
ރާއްޖޭގެ ރަށެއް ނުވަތަ އަތޮޅެއް ގަންނަން ސައުދީ އަކުން ނޫޅޭ

ސައުދީ ސަރުކާރުން ރާއްޖޭގައި ބޮޑު ޕްރޮޖެކްޓެއްގައި އިންވެސްޓްކުރުމަށް އަންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށް އެފަދަ މަޝްރޫއެއްގައި ސައުދީ ސަރުކާރުން އިންވެސްޓް ކުރަން ނޫޅޭ ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.

މިކަމާ ގުޅިގެން ސައުދީ އެމްބަސީން ނެރެފައިވާ ބަޔާނުގައި ވަނީ މިފާއިތުވެދިއަ ހަފްތާތަކުގައި މީޑިޔާ ރިޕޯޓްތަކުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ސައުދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާކަން ސައުދީ އެމްބަސީއަށް ފާހަގަކުރެރިފައިވާ ކަމަށާއި އެހެން ނަމަވެސް ސައުދީ ސަރުކާރުން އެފަދަ އެއްވެސް މެގަ ޕްރޮޖެޓެއްގައި އިންވެސްޓްކުރަން ނޫޅޭ ކަމަށެެވެ. ސައުދީން ރާއްޖޭގެ ރަށެއް ނުވަތަ އަތޮޅެއް ގަތުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.

ސައުދީ ސަރުކާރުން މިފަދަ ކަމެއް ކުރަންއުޅޭ ކަމަށް ބުނެ އާއްމުކޮށްފައިވާ މީޑިޔާ ރިޕޯޓްގައި ސައުދީ ސަރުކާރުގެ ބަހެއް ހިމަނާފައިނުވާ އިރު މިފަދަ ހަގީގަތާ ހިލާފު ޚަބަރުތައް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސައުދީ އެމްބަސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މާލޭގައި ހުންނަ ސައުދީ އެމްބަސީން މިހެން ހާމަކޮށްފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވަނީ ފ އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއްގައި ސައުދީ ސަރުކާރުން އިންވެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ފ އަތޮޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ރަށްތައް އެއްފަސް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގައި ކުދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އާބާދީ ބޮޑެތި ރަށްތަކަށް ބަދަލުކުރެވި އެ ރަށްތަކުގައި އެކި ދައިރާތަކުން ޒަމާނީ ޚިދުމަތްތައް ގާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފ އަތޮޅުން ބޮޑު ބައެއް ސައުދީގެ ޝާހީ އާއިލާއަކަށް ދިނުމުގެ ވާހަކަ ފެތުރިފައިވާ އިރު މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް