ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 18:46
ހޮންގްކޮންގްގެ ލީޑަރު ކެރީ ލެމް
ހޮންގްކޮންގްގެ ލީޑަރު ކެރީ ލެމް
ބީބީސީ
ހޮންގްކޮންގް
ހޮންގްކޮންގްގައި ހަމަނުޖެހުންތައް ހިނގުމަށް މެދުވެރިވި ބިލް އަނބުރާ ގެންގޮސްފި
މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދިޔަ އެއް ކަމަކީ މި ބިލްގެ ކަންކަން އެއްކޮށް ހުއްޓާލުން
މުޒާހަރާތަކުގައި އެގައުމުގެ ފުލުހުންގެ ފަރާތުން އާންމުންނަށް ދެމުންދާ އަނިޔާވެރިކަން ތަހުގީގު ކުރާނެ
ހޮންގްކޮންގް މިހާރު އޮތް ހާލަތަށް ވެއްޓުނީ ލެމްގެ ސަބަބުން ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެފައިވޭ

ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލުކުރެވޭގޮތަށް އެގައުމުގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިއުމަށް އެގައުމުގެ ލީޑަރު ކެރީ ލެމް ނިންމަވައިފި އެވެ.

މަޖިލީހަށް ހުށަހެޅި އެ ބިލުގެ ސަބަބުން ވޭތުވެ ދިޔަ މަސްތަކުގައި ހޮންގްކޮންގްގައި ގިނަ އަދަދަކަށް މުޒާހަރާ ވަނީ ކޮށްފައެވެ. އަދި ލެމް ވަނީ މި ބިލް އޮތީ "މަރުވެފައި" ކަމަށް ވިދާޅުވެ، ޖޫން މަހު، ބިލުގެ ކަންތައްތައް މަޑުޖައްސާލާފައެވެ.

ހޮންގްކޮންގްގައި މެދުކެނޑުމެއްނެތި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދިޔަ އެއް ކަމަކީ މި ބިލްގެ ކަންކަން އެއްކޮށް ހުއްޓާލުމެވެ.

ލެމް ވިދާޅުވެފައިވާގޮތުގައި ހޮންގްކޮންގްގެ މުޒާހަރާތަކުގައި އެގައުމުގެ ފުލުހުންގެ ފަރާތުން އާންމުންނަށް ދެމުންދާ އަނިޔާވެރިކަން ތަހުގީގު ކުރައްވާނެއެވެ. މިއީ މުޒާހަރާކުރާ ފަރާތްތަކުން ޑިމާންޑު ކުރަމުންޑަ ފަސް ކަންތަކުގެ ތެރެއިން އެއް ކަމެވެ.

ހޯމަ ދުވަހު ލީކް ކޮށްލަފައިވާ އޯޑިއޯ ޓޭޕްތަކަކުން ހާމަވާ ގޮތުގައި ހޮންގްކޮންގް މިހާރު އޮތް ހާލަތަށް ވެއްޓުނީ ލެމްގެ ސަބަބުން ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކަހަލަ ކަމެއް ފެށުމަކީ މާފު ނުކުރެވޭނެ ފަދަ ކަމެކެވެ.

ހޮންގްކޮންގްގައި ހިނގަމުންދާ މުޒާހަރާއަށް 14 ހަފްތާ ވެފައިވާއިރު މުޒާހަރާގެ ބައިވެރިންނާއި އެގައުމުގެ ފުލުހުންގެ ދެމެދުގައި ގިނަ ކުރިމަތިލުންތަކެއް ހިނގާ އެތައް ބަޔަކަށް ވަނީ އަނިޔާތައް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް