ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 16:55
ފީފާ ވޯލްޑް ކަޕް ލޯގޯ
ފީފާ ވޯލްޑް ކަޕް ލޯގޯ
ގޫގުލް
ފީފާ ވޯލްޑް ކަޕް
2022 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ލޯގޯ ދައްކާލައިފި
2022 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ކުރިޔަށްދާނީ ނޮވެމްބަރ، ޑިސެމްބަރ ގައި

2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ލޯގޯ ދައްކައިލައިފިއެވެ.

ވޯލްޑް ކަޕުގެ ލޯގޯ ދައްކާލީ ގަތަރުގައި މިކަމާ ގުޅޭ ގޮތުން އޮތް ރަސްމިއްޔާތެއްގައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ގަތަރުގެ ސަގާފަތާއި ގުޅުވައިގެންނެވެ.

ކުރިން ޖޫން، ޖުލައިގައި ބާއްވަމުން އައި ވޯލްޑް ކަޕުގެ މެޗުތައް ކުޅުނު ކަމުގައި ވިޔަސް 2022 ވަނަ އަހަރުގައި ބާއްވާ ވޯލްޑް ކަޕްގެ މެޗުތައް އޮންނާނީ ނޮވެމްބަރ 21 އިން ޑިސެމްބަރ މަހުގެ 18 އަށެވެ. މިއީ މިފަދަ ބަދަލެއް މި މުބާރާތައް ގެންނަ ފުރަތަމަ ފަހަރެވެ.

ފީފާއިން ބުނީ މިގޮތައް މި މުބާރާތް ބަދަލުކުރީ ޖޫން، ޖުލައި މަހަކީ ގަތަރަށް ހޫނު މޫސުމުގެ ދުވަސް ވަރު ކަމުން ކުޅުންތެރިންނަށް އެކަމުގައި ދިމާވާނެ ދަތިތަކުން ދުރު ކުރުމަށް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ލީގުތަކުން ނޮވެމްބަރ އަދި ޑިސެމްބަރ ގައި މެޗުތައް ކުޅޭ އިރު 2022 ވަނަ އަހަރުގައި އެ މުއްދަތުގައި ބޮޑެތި ލީގުތަކުގެ ބްރޭކް ނެގުމަށް ވަނީ ހަމަޖައްސައިފައެވެ. މިކަމަށް ޔޫރަޕާއި ދެކުނު އެމެރިކާގެ އިތުރުން އެފްރިކާގެ ގައުމުތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

2022 ވަނަ އަހަރު ކުރިޔަށްދާ ވޯލްޑް ކަޕް ކުރިޔަށް ދާނީ އެންމެ 28 ދުވަހުއެވެ. ފީފާއިން ބުނީ މިގޮތައް ނިންމީ ކްލަބްތަކަށް ދިމާވެދާނެ ދަތިތައް ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް 2018 ގައި ބޭއްވީ ރަޝިޔާގައެވެ. އެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފްރާންސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް