ހޮންގކޮންގްގައި މުޒާހަރާ ކުރާ ފަރާތްތައް އެކަކު އަނެކަކާއ މުއާމަލާތް ކުރުމަށް ބްލޫޓޫތްއިން ބޭނުންކުރެވޭ އެޕެއް ކަމަށްވާ ބްރިޖްފައި ބޭނުންކުރަން ފަށައިފިއެވެ.
ބްރިޖްފައި އެޕްލިކޭޝަނަކީ އިންޓަރނެޓް ބެނުންވާ އެޕްލިކޭޝަނެއް ނޫނެވެ. އަދި މި އެޕްލިކޭޝަން ބޭނުންކޮށްގެން ވާހަކަ ދެއްކުމުން ކަމާއިބެހޭ ފަރާތްތަކަށް އެމީހުން ތިބިތަން ހޯދައިގަތުމަކީ ފަސޭހަކަމަކަށް ނުވެއެވެ.
އެޕްޓޯޕިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތިވެދިޔަ މަސްތަކުގައި 4000 އިންސައްތަ މީހުން ވަނީ މި އެޕްލިކޭޝަން ޑައުންލޯޑްކޮށްފައެވެ.
ކަމާއިބެހޭ ފަރާތްތަކުން ދަނީ އީމެއިލް އަދި ވީޗެޓް އެޕް ފަދަ ގިނަ އެޕްލިކޭޝަންތައް މޮނީޓަރ ކުރަމުންނެވެ. އެއް ސިޓީ އެއްގެ ދުރު ހިސާބެއްގައި ތިބިނަމަވެސް ބްރިޖްފައި އެޕް ބޭނުންކޮށްގެން އެކަކު އަނެކަކާ ވާހަކަ ދެއްކެއެވެ. އެގޮތުން އެއް ފޯނާއި އަނެއް ފޯނަށް ކަނެކްޓްކުރެވޭ ރޭންޖަކީ 330 ފޫޓެވެ.
މި އެޕްލިކޭޝަނަކީ ސެންފްރެންސިސްކޯގެ ފަރަތަކުން އުފެއްދި އެޕްލިކޭޝަނެކެވެ. އަދި މިއީ ވައިފައި އަދި އެހެނިހެން ގޮތގޮތުން އިންޓަރނެޓާއި ކަނެކްޓް ކުރެވޭނެ ގޮތެއް ނުހުންނަ ތަންތާގައި ބޭނުންކުރަމުން އައި އެޕްލިކޭޝަނެކެވެ. އަދި ބޮޑެތި މިއުޒިކް ޝޯތަކުގަޔާއި ކުޅިވަރުގެ އިވެންޓުތަކުގައިވެސް މި އެޕްލިކޭޝަން ބޭނުންކުރެއެވެ.
ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ކުރަން ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވިގެންދާނެއެވެ.