ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 18:24
އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަނީ
އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަނީ
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ
މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމާއި އާސެނަލް ބައްދަލުކުރި މެޗު ފަހަތުން އަރައި އާސެނަލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފިއެވެ.

މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން އާސެނަލުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ލިބުނު ފުރުސަތުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންނެވެ.

މި ލަނޑާއެކު އާސެނަލުން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ލަކަޒޭޓްއެވެ.

ދެވަނަ ހާފު ފަށައިގެން އާސެނަލުން ވަނީ ފުލުފުލުގައި ޓޮޓެންހަމްގެ ގޯލަށް ހަމަލާތަށް ފޮނުވައިލައިފައެވެ.

މެޗުން އާސެނަލް އަށް ޕޮއިންޓެއް ހޯދައިދިނީ މެޗުގެ 71 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބާމަޔަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މިއީ އާސެނަލަށް އެންމެ ރަނގަޅު ނަތީޖާ ނޫން ކަމަށާއި މި މެޗަކީ އާސެނަލްއަށް ތިން ޕޮއިންޓް ލިބެން ޖެހޭ މެޗެއް ކަމަށެވެ. އަދި އޭނާ ބުނީ ކުޅުންތެރިން މި ގޮތަށް ކުޅޭނަމަ ކުރިޔަށް އޮތްތާ އާސެނަލުން މިއަށްވުރެ ރަނގަޅު ނަތީޖާ ތަކެއް ފެނިގެންދާނެ ކަމަށެވެ.

ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ މި މެޗުން އޭނާގެ ޓީމަށް މޮޅު ނުވެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް