ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 18:14
މިނިސްޓަރ މަހްލޫފް (ކ) އަދި ސިވެކްގެ މެނޭޖިން ޑިރެކްޓަރ މޭޖާ އަހުމަދު ޒުބައިރު (ވ)
މިނިސްޓަރ މަހްލޫފް (ކ) އަދި ސިވެކްގެ މެނޭޖިން ޑިރެކްޓަރ މޭޖާ އަހުމަދު ޒުބައިރު (ވ)
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފި
ސަބް ބޭސް މަސައްކަތް ކުރަނީ ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބް ބޭސް ތައްޔާރުކުރުމަށް ސިވެކް އާއެކު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު, ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޭޖާ އަހުމަދު ޒުބައިރުއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް