ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 13:00
ކާގޯ ޓާރމިނަލް
ކާގޯ ޓާރމިނަލް
އެމްއޭސީއެލް
ކާގޯ ޓާރމިނަލް
އާ ކާގޯ ޓާރމިނަލް ނިމުމަކާއި ގާތަށް
 
މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ހަދާ އާ ކާގޯ ޓާރމިނަލްގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ކާގޯ ޓާރމިނަލްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި ކޮންކްރީޓް ސްލެބްސްއާއި ކްލެޑިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ލޭންޑް ސައިޑް ކެނޮޕީ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އަލަށް ޤާއިމްކުރާ ކާގޯ ޓަމިނަލް ކޮމްޕްލެކްސްއަކީ 12000 އަކަމީޓަރު (129166.93 އަކަ ފޫޓު) ގެ ޓަރމިނަލް ކޮމްޕްލެކްސްއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދެކުނު ފަރާތުގައި ޤާއިމުކުރާ މި ކޮމްޕްލެކްސްގައި އެކްސްޕޯޓް އިމްޕޯޓް ޓަރމިނަލަކާއި، އޮފީސް އިމާރާތެއް ވެސް ހިމެނޭނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދިން ގޮތުގައި، ޒަމާނީ ވަސީލަތްތަކާއި، މުދާ އުފުލާ ކެރޭނާ ވެސް އެކު ޤާއިމްކުރާ މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެއެވެ. އެއީ މިހާރު ޚިދުމަތް ދެވޭ މިންވަރަށް ވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ.

މިއީ ޗައިނާގެ ބެއިޖިންގުގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ގުޅިގެން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
100%
0%
0%
0%
0%
ކޮމެންޓް