ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 12:36
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރްސީ
ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ މިއަހަރު : އެމްއެމްޕީއާރްސީ
 
ގިނަ ފެއަރ ތަކާއި ރޯޑް ޝޯތައް ބާއްވާފައިޥޭ
 
މިއަހަރު 19 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވޭ
 
އަމާޒަކީ ނޮވެމްބަރު 17 ގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން

ފާއިތުވެ ދިޔަ ފަސް އަހަރާ އަޅާބަލާއިރު އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މި އަހަރު ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މި އަހަރު ކަމަށާއި އެއީ 19 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

މިދިޔަ 5 އަހަރުތެރޭގައި އެންމެ ރަނގަޅު ގްރޯތެއް މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި މި އައިސްފައިވަނީ، އެއީ 19 ޕަސެންޓުގެ ގްރޯތެއް، ދެން މީ 2010 ވަނަ އަހަރުން ފެށިގެން ފުރަތަމަ 6 މަސް ދުވަސް އެންމެ ރަނގަޅަށް ގޮސްފައިވާ އަހަރު، މިއަހަރުގެ ޖެނުއަރީން ޖޫންއާއި ހަމައަށް 19 ޕަސެންޓުގެ ގްރޯތެއް ނޫނީ ކުރިއެރުމެއް މިދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވޭ،
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

ތޮއްޔިބު އިތުރަށް ވިދާޅުވީ، އެ ނަތީޖާ ހާސިލު ކުރުމަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން ތަފާތު ގިނަ ފެއަރ ތަކާއި ރޯޑް ޝޯތައް ބާއްވައި، ޖޮއިންޓް ޕްރޮމޯޝަންތަކާއި ލޯކަލް އިވެންޓުތައްވެސް ބޭއްވިފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 12 މާކެޓަށް އަމާޒުކޮށް 15 މާކެޓިންގ ފެއަރއާއި، 13 މާކެޓަކަށް އަމާޒުކޮށް ބޭއްވި 05 ރޯޑް ޝޯ ހިމެނޭ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ކުރިއަށްގެންގޮސްފައިވާ ބައެއް މާކެޓިންގ ހަރަކާތްތައް

އޭގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކަށްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށާއި، ރާއްޖެ އިސްތިހާރުކުރާއިރު ހަމައެކަނި މޫދާއި ކަނޑާއި ދޮންވެލިގަނޑު އިސްތިހާރު ކުރުމުގެ ވިސްނުން ބަދަލުކޮށް، އިތުރު ދާއިރާތަކުން ފަތުރުވެރިކަން ފުޅާކުރުމަށް ވިސްނަވާކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

ކުރިއަށްއޮތް އަހަރަށް ރާވާފައިވާ ކަންކަން:

  1. ސަގާފީ (ކަލްޗަރަލް) ފަތުރުވެރިކަން
  2. ސްޕޯރޓްސް (ވޯޓަރ ސްޕޯރޓްސް ހިމެނޭ ގޮތަށް) ފަތުރުވެރިކަން
  3. މައިސް ޓޫރިޒަމް ( މީޓިންގ، އިންޓެންސިވްސް، ކޮންފަރެންސް، އެންޑް އެގްޒިބިޝަންސް ޓޫރިޒަމް)

މި ހިނގާ އޯގަސްޓު މަހު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު 17 ގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް