އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރައްވައި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވި ކަމަށާއި ހުކުމެއްގައި ހުންނެވީ ގާނޫނާއި ޚިލާފަށް ކަންތައްތައް ކުރުމުން ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑްރިންގެ ކުށުގެ ދުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުވެ ވަޑައިގެން ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ފަރާތުން އޯޑަރު ލިބިލެއްވި ކަމަށެވެ. އެކަމުގެ ކިތާބީ ހެއްކެއް ނުހުންނާނެ ކަމަށާއި މުއާމަލާތްތައް ކުރީ ރައީސް ޔާމީނާއި ފޯނުން ގުޅުއްވައިގެން ކަމަށެވެ. ނަމަވެސް އެއަށް އިންކާރު ކުރައްވައި ޔާމީން ވިދާޅުވީ އެމަނިކުފާނާއި ޒިޔަތާއި ދިމާވީ އެންމެ ފަހަރަކު ކަމަށެވެ. އެއީ ޒިޔަތާ ބައްދަލުވީ އޭނާ ތަހުގީގުގައި ހަނު ހުރުމުން އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންނެވުމަށް އެކަނި ކަމަށެވެ.
އެމްއެމްޕީއާރުސީ އަށް ޗެކު ހެދިފައި ހުންނާނީ. ދެން އޭގެ ނުފުށުގައި އެންމެ ބޭފުޅެއްގެ ސޮޔެއް އޮވެގެން އަދި އޭތި އެންޑޯޒެއް ވެސް ނުވޭ. އެކަމަކު އަޅުގަނޑު ކައިރީ ރައީސް ވެސް އަދި ނައިބު ރައީސް އަދީބު ވެސް އަންގާފައި އޮންނަނީ އެ ޗެކްތައް އަދީބާ ހަވާލުކޮށްގެން ވަކިން މެނޭޖްކުރަން. އެހެންވީމާ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދިޔައީއެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
ޒިޔަތު ވިދާޅުވީ ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ އެއް މިލިއަން ޑޮލަރުގެ ޗެކު ހަވާލު ކުރީ އެސްއޯއެފް ކުންފުނީގެ އަހުމަދު އިޝްފާހު އަލީއާ ކަމަށާއި އެގޮތަށް ކަންތައްތައް ކުރެއްވީ އަދީބު މާލޭގައި ނެތުމުން، ޗެކު އިޝްފާހުއާ ހަވާލު ކުރަން އަދީބު އެންގެވުމުން ކަމަށެވެ.
އެގޮތަށް ޗެކް ޖަމާކުރީ ކީއްވެތޯ އަދި އެއްވެސް ފަރާތެއްގެ ލަފަޔަކާއެކުތޯ ޔާމީން ސުވާލުކުރުމުން ޖަވާބުގައި ޒިޔަތު ވިދާޅުވީ އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ކުރެއްވި ބައްދަލުވުމެއްގައި އަނގަ ބަހުން ދެއްވި ލަފައަކުން ކަމަށެވެ.
ބަންޑާރަ ނައިބު އެގޮތަށް ލަފާ ދެއްވާފައިވީ ނަމަވެސް އެއީ ގާނޫނުތަކާހިލާފަށް ހިނގާފައިވާ ކަމެއް ނޫންތޯ ރައީސް ޔާމީން އެއްސެވި އެވެ. އަދި ގާނޫނާއި ގަވައިދާއި ޚިލާފަށް ކަންތައްތައް ކުރެއްވިތޯ ޔާމީން ޒިޔަތާއި ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ އޭނާ ހުކުމެއްގައި އެހުންނެވީ ގާނޫނާއި ޚިލާފުވުމުން ނޫންތޯއެވެ.
އާދެ ގާނޫނާ ހިލާފުވީމަ ދެއްތޯ އަޅުގަނޑު މިހާރު ވެސް ހުކުމެއްގަ މިހުރީ. ގާނޫނާ ހިލާފު ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ރައީސް ޔާމީން އަންގަވައިގެން.އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު