Advertisement
ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 11:55
މެމްބަރުންގެ ކެއުމާއި ސަޔަށް ދުވާލަކަށް އެއްލައްކަ ތިންހާސް ނުވަސަތޭކަނުވަ ރުފިޔާ ފަންސާސް ހަ ލާރި ޚަރަދުވޭ
މެމްބަރުންގެ ކެއުމާއި ސަޔަށް ދުވާލަކަށް އެއްލައްކަ ތިންހާސް ނުވަސަތޭކަނުވަ ރުފިޔާ ފަންސާސް ހަ ލާރި ޚަރަދުވޭ
މަޖިލިސް
މަޖިލިސް 2019
މެމްބަރެއްގެ ކޮއްތަށް ދުވާލަކަށް 159.88
މަޖިލީހުގެ ކެއުމާއި ސަޔަށް ހިނގާ ޚަރަދު ބެލުމަށް އާންމު ރައްޔިތަކު ވަނީ ސިޓީއެއް ފޮނުވާފައި
ރާއްޖޭގެ ތާރީޚުގައި ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ބޮޑުން އެކީގައި ސައި ބުއިން
މެމްބަރުންގެ ކެއުމާއި ސައި ކަނޑާލުމަށް ބައެއް ރައްޔިތުން ދަނީ ގޮވާލަމުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކޮއްތަށް ދުވާލަކަށް ޖެހެނީ 159.88 (ސަތޭކަ ފަންސާސްނުވަ ރުފިޔާ އަށްޑިހައަށް ލާރި) ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމަށް ހިނގާ ޚަރަދު ސާފުކޮށްދިނުމަށް އެދި، އާންމު ރައްޔިތަކު މަޖިލީހަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށް ބުދަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން މެމްބަރުންގެ ސަމާލުކަމަށް ގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ބައްދަލުވުމެއް ހިނގާ ކޮންމެ ދުވަހަކު، މަޖިލީހުގެ މެމްބަރެއްގެ ކެއުމަށް ދުވާލަކަށް ޖެހެނީ 159.88( ސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހައަށް ލާރި) ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ އަދަދަށް އެއްކޮށްވާ މިންވަރަށް މެމްބަރުންނަށް، ކެއުން ލިބެމުން ނާންނަ ކަމަށާއި، އޭގެއިން ބައެއް މަޖިލީހުގެ މުވައްޒިފުންނާއިވެސް، މެމްބަރުން ހިއްސާ ކުރައްވަމުން އަންނަ ކަމަށެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މަޖިލީހުގައި ބައްދަލުވުމެއް ހިނގާ ކޮންމެ ދުވަހަކު ޖުމްލަ 13909.56 ( ތޭރަހާސް ނުވަސަތޭކަނުވަ ރުފިޔާ ފަންސާސް ހަ ލާރި) މެމްބަރުންގެ ކެއުމާއި ސަޔަށް ދައުލަތުން ޚަރަދުވާނެއެވެ.

"159.88 ލާރީގެ މިންވަރަށް މެމްބަރުންނަށް އެއްކޮށްވާ ވަރަށް ކޮއްތެއް ލިބިވަޑައިނުގަންނަވާ ، އޭގެއިން ކުޑަމިންވަރެއް މަދުވެފައި ލިބެމުން އަންނަނީ މަޖިލީހުގެ މުވައްޒަފުންނަށް ވެސް މެމްބަރުން އޭގެއިން ކުޑަ މިންވަރެއް ދެއްވާ"
ރައީސް ނަޝީދު ވިދާޅުވިއެވެ

މަޖިލީހުގެ މެމްބަރުންނަށް ކެއުންބުއިމުގެ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެއްވެސް ބަޔަކު ދެކޭނަމަ، އެއީ ބަދަލުގެނެވިދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތާރީޚީ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ސައިގެ ކަންތައް ހަމަޖެހިގެން އައިގޮތަށް، ރައީސް ނަޝީދުވަނީ އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ބޮޑުން އެކީގައި ސައި ބުއިން ކަމަށެވެ. އަދި އެކަން ފެށިގެން އައީ1932 އަހަރުން ފެށިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

" ސައިގެ ކަންތައް ގާނޫނު ހަދާ މަޖިލީހުގައި ހިނގަމުން އައި ގޮތް އަޅުގަނޑު މި ސުވާލު ކުރިމަތިވީމައި ބަލާލިން. މަޖިލީހުގައި ހުންނަ ފޮޓޯތަކުގައި ވެސް ކުރީގެ މަޖިލިސް ރައީސް ، މިސާލަކަށް ކުރީގެ މަޖިލީހުގެ ރައީސް އިބްރާހިމް ޝިހާބް އިންނަވާ މޭޒު ކޮޅުގައި އަދި އެހެން ހުރިހާ މެމްބަރުންނާއި އެކުގައި ސައި ފޮދު ހިއްޕަވަމުން ގެންދަވާނީ"
ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ތަފާތު ރަސްމިއްޔާތުތަކުގައިވެސް ސައިފޮދު ދެމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމާއި ސަޔަށް ދައުލަތުން ބޮޑު ޚަރަދެއް ކުރަމުން އަންނަ ކަމަށް ބުނެ އާންމު ރައްޔިތުން އަންނަނީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި މަޖިލީހުގެ ގަވާއިދު އިސްލާހުވެގެން އަންނައިރު، މެމްބަރުންގެ ކެއުމާއި ސައި ދައުލަތުން ދިނުން ކަނޑާލުމަށް އެދި މަޖިލީހުގެ ގަވާއިދު ހަދަމުން އަންނަ ކޮމިޓީއަށްވެސް ބައެއް ރައްޔިތުން ވަނީ ޚިޔާލު ހުށަހަޅާފައެވެ. ރައްޔިތުން ދެކޭ ގޮތުގައި މަޖިލީހުގައި ކެއުމާއި ސަޔަށް ބޮޑު އިސްރާފެއް ކުރެވެމުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް