ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 01:09
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މިހާރު
ރައީސް މައުމޫން
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތާއިދު އޮތްކަން އެނގިގެންދާނީ ވޯޓުން
ހައްޔަރު ކޮށްފާނެތީ ބިރެއް ނުގަންނަން ، ބިރު ގަންނަނީ ﷲ ދެކެ އެކަނި
ރައީސް ޔާމީން ވެރިކަން ކުރައްވަނީ ޕީޕީއެމްގެ މެނިފެސްޓޯ އަދި ޕީޕީއެމްގެ ފިކުރާ ހިލާފަށް

ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލަ މަޖީލީހަށް ހުށަހެޅުމަކީ ފެށުމެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީނާ އެކު އޮތް ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެއްވޭ ކަމަށެވެ.

މައުމޫން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ވަރަށް ރަނގަޅު އަދި ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންގެ ވެސް ތާއީދު އޮތް ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މަސީހްގެ އިތުބާރު ނެތް ކަމަުގެ ވޯޓަށް ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ތާއިދު ކުރައްވާ ކަަމަށާއި ނަމަވެސް އެ ތާއިދަކީ ކުއްލިއަކަށް ފެނިގެންދާނެ ތާއިދެއް ނޫން ކަމަށާއި އެ ތާއިދު ވަރަށް ފުރިހަމަ އަގުލަބީއްޔަތަކާއެކުން ވޯޓުން ފެނިގެންދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ރައީސް މައުމޫން ފުރާވަޑައިގަންނަވަނީ ސަރުކާރުން ކުރިމަތިކުރުވަފާނެ ބިރަކަށް ނުވަތަ ހައްޔަރުކުރައްވާފާނެތީ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރެއް ނުގަންނަ ކަމަށެވެ.އަދި އެ ދަތުރުފުޅަކީ އަނބިކަނބަލުންގެ ކޮއްކޯފުޅު އާލާސްކަންފުޅާ އުޅުއްވާތީ، ވަރަށް ކުރިއްސުރެން ހަމަޖައްސައިފައިވާ ދަތުރުފުޅެއް ކަމަށާއި އަދި މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަަމުގެ މައްސަލަ މަޖީޅީހަށް ވެއްދި ދުވަހާ ދަތުރުފުޅާ ދިމާވީ އިއްތިފާގަކުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

 ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ވެސް ވެދާނެ ކަންކަން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ރައީސް ކަމަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ޕީޕީއެމްގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ފިކުރާ އެއްގޮތަކަށް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

- ކޮމެންޓް