ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ހިތްވަރާއެކު ވަރުބަލި ކަމެއްނެތި މުޅި ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން ކަމަށެވެ. އަދި މި ދުވަހާ ގުޅިގެން ދިވެހި އަންހެން ކަނބަލުންނަށް މަރުހަބާ ދަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
Hiyvaraa eku varubali kameh nethi mulhi Dhivehi Raajje ah dhirundhey bayakee Dhivehi anhenun. #FisaariAnhenun ah marhabaa! #IWD2017
— Mohamed Nasheed (@MohamedNasheed) March 8, 2017
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މާރޗް މަހުގެ 08 ދުވަހެވެ.
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ހަރަކާތްތަކެއް ހިންގާފަ އެވެ.
އެގޮތުން އަންހެނުގެ ހައްގުތައް ރާއްކާތެރި ކުރުމަށްގޮވާލާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވަނީ ކާނިވާ އެއްވުމެއް ބާއްވާފަ އެވެ. ގިނަ ބަޔަކު ބައިވެރިވި އެ އެއްވުމުގައި އިސްސަފުގައި ހަރަކާތްތެރިވާ ގިނަބަޔަކު ވަނީ ވާހަކަ ދައްކަވާ އެބޭފުޅުންގެ ޝުއޫރު ފާޅުކުރައްވާފަ އެވެ.
ރާއްޖޭގައި އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ހައްގުތަކަށް އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ކެރިގެން ހިތްވަރާއެކު މަސައްކަތްކުރައްވާ މެމްބަރުންގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އީވާ އަބްދުﷲ އާއި ރޮޒައިނާ އާދަމާއި މާރިއާ އަހުމަދުދީދީ އަކީ ފާހަގަ ކޮށްލެވޭ މެމްބަރުންނެވެ.