ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 10:54
ޑެނީލޯ
ޑެނީލޯ
ގެޓީ އިމޭޖަސް
ޑެނީލޯ
ސިޓީ ދޫކޮށް ޑެނީލޯ ޔުވެންޓަސްއަށް ބަދަލުވެއްޖެ
ޔުވެންޓަސްއަށް ޑެނީލޯ ބަދަލުވީ 34.1 ޕައުންޑަށް

މެންޗެސްޓަރ ސިޓީ ދޫކޮށް ބްރެޒިލްގެ ޑިފެންޑަރ ޑެނީލޯ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ޑެނީލޯ ޔުވެންޓަސްއަށް ބަދަލުވިކަން ސިޓީން ކަށަވަރު ކޮށްދީފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ 34.1 މިލިއަން ޕައުންޑަށެވެ.

ސިޓީ ދޫކޮށްލުމަށް ފަހު ޑެނީލޯ ބުނީ، ސިޓީގައި ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، ކާމިޔާބީތައް ވެސް ކްލަބާއެކު ހޯދިފައިވާ ކަމަށެވެ.

އެގޮތުން ޑެނީލޯ ބުނީ، ފުރަތަމ ދުވަހުން ފެށިގެން ވެސް ސިޓީން އޭނާއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ހިތުގައި އަބަދުވެސް ސިޓީއަށް ޖާގައެއް ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެކުރިން ސަންޓޯސް އާއި ޕޯޓޯއަށް ވެސް ކުޅެފައިވާ ޑެނީލޯ ވަނީ ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ސިޓީއަށް 2017 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބަށް ކުޅުނު 59 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

ރެއާލްއާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ޔުއެފާ ސުޕަ ކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޑެނީލޯ ވަނީ ސިޓީއާއެކު ދެ ޕްރިމިއާ ލީގު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގް ކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޑެނީލޯ ވަނީ ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމަށް 23 މެޗު ކުޅެދީފައެވެ.

މީގެއިތުރުން ޑެނީލޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު ސަމަރ އޮލިމްޕިކްސް އަދި ސުޕަ ކްލެސިކޯ ޑެލަސް އެމެރިކަސް ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް