Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 21:45
ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ
ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
ކަނޑުއޮތްގިރީގައި ރޯވުން
ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ
ރޯވީ މިފްކޯގެ ފަސްމީރު ފެކްޓަރީގައި

މާލެ އަތޮޅު ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެހާދިސާގެ މަޢުލޫމާތު ހޯމަ ދުވަހު 14:57 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އަލިފާން ނިއްވާ ސާމާނާއެކު ފަޔަރމަނުންގެ ޓީމެއް އެރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ގަޑިއެއްހާއިރު ފަހުން، 15:56 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށުގައި ހުރި ފެކްޓްރީގެ ބައެއްގައި ކަމަށާއި އެހާދިސާގައި އަލިފާން ރޯވި ފެކްޓްރީގެ އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކަނޑުއޮތްގިރީގެ މުވައްޒަފަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި އަލިފާން ރޯވީ އެރަށުގައި ހުންނަ މިފްކޯގެ ފަސްމީރު ފެކްޓަރީގަ އެވެ. ފަސްމީރު ފެކްޓަރީއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަޝްހޫރު މަހުގެ އުފެއްްދުމުގެ ބްރޭންޑެވެ. 

އަލިފާނުގެ މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް