Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 21:35
ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމީއްޔާތުގެ ތެރެއިން
ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމީއްޔާތުގެ ތެރެއިން
ޓްވިޓަރ
ވާހަކަ ދެއްކުމުގެ މުބާރާތް
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
މުބާރާތުގައި 299 ފަރާތަކުން ބައިވެރިވޭ

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި އެވެ.

ސްކޫލުތަކާއި، ކޮލެޖް އަދި ޔުނިވަސިޓީތަކުން ޖުމްލަ 299 ދަރިވަރުންނާއި އެކު މި މުބާރާތް ފަށާފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ.

ދިވެހި ބަހުގެ އެކަޑަމީއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރާ އާއި، 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިން ވަނީ ބައިވެރިވެފަ އެވެ.

ދިވެހި ބަހުގެ އެކަޑަމީއިން ބުނިގޮތުގައި ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ މަގްސަދަކީ ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރިންތަކެއް އުފެއްދުމާއި، ތަފާތު މައިދާންތަކުގައި ދިވެހި ބަހުން ފަސޭހަކަމާއެކު ވާހަކަދެއްކުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ވާހަކަދެއްކުންތެރީން އުފެއްދުމެވެ.

 ހަމައެހެންމެ މި ފަންނުގައި ދަރިވަރުން ކުރިއަށްދިއުމަށް މަގުތައް ތަނަވަސްކޮށްދިނުމަކީވެސް މި މުބާރާތުގެ މަގްސަދެއްކަމަށް ދިވެހި ބަހުގެ އެކަޑަމީއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް