Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 17:47
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ގޫގުލް
ކުޑަކުދިންނަށް ކުރާ އަނިޔާ
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ތަކުރާރުކޮށް އަންހެން ކުއްޖަކާ ބެހުނު މައްސަލަ
ދައުވާކުރީ މިދިޔަ އަހަރުގެ މެއި މަހު

ކުޑަކުއްޖާ މެދު ޖިންސީ އަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

 

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިކަން ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، ދުރުމި، އާދަމް އިބްރާހިމް އެވެ.

 

އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެންނެވެ.

 

އެ މައްސަލައާ ގުޅިގެން ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އާދަމް އިބްރާހިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް