Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 16:27
ނ. ޅޮހީ
ނ. ޅޮހީ
ފޭސްބުކް
ޅޮހީން ކަރަންޓު ކެނޑުން
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
ކަރަންޓު ކެނޑުނީ ކޭބަލެއް އަނދައިގެން ދިޔުމުގެ ސަބަބުން

ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނ. އަތޮޅު ޅޮހީގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ނ. އަތޮޅު ޅޮހީގެ ކައުންސިލް މެންބަރ އަބްދުލް މަންނާން އިބްރާހީމް ވިދާޅުވީ، ހޯމަ ދުވަހު 06:30 ހާއިރު ޅޮހީން ކަރަންޓު ކެނޑިފައި ވަނީ ކަރަންޓް ކޭބަލެއް އަނދައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.

މަންނާން ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ރަށުގެ ހުރިހާ ހިސާބުތަކުން ކަރަންޓު ކަނޑައިގެނ ދިޔަ ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ބައެއް ހިސާބުތަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އަނދައިގެން ދިޔަ ކޭބަލް ގުޅޭފައި ހުރި ގެތަކަށް މިއަދު 09:00 ޖެހިއިރު ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

އަނދައިގެންދިޔަ ކޭބަލް ބަދަލުކޮށް އެ ލައިނުގައި ހުރި ގެތަކަށް ވެސް މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލުން ބުނީ އެރަށުގެ ކަރަންޓު ފޯރުކޮށްދިނުމަށް އާ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފެބްރުއަރީ 26 އަށް އެ މަސައްކަތް ނިންމަން ތާވަލްކުރި ނަމަވެސް އަދި ނިމިފައި ނުވާ ކަމަށެވެ. އެހެން ކަމުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް