Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 15:56
ފ. އަތޮޅު: ސައުދީގެ މަޝްރޫއާ ގުޅޭ މައުލޫމާތުތަކެއް ސަރުކާރުން ހާމައެއް ނުކުރޭ
ފ. އަތޮޅު: ސައުދީގެ މަޝްރޫއާ ގުޅޭ މައުލޫމާތުތަކެއް ސަރުކާރުން ހާމައެއް ނުކުރޭ
ގޫގުލް
ފ. އަތޮޅު މަޝްރޫއު
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
ކަނޑު ހުރަސްކޮށް ސައުދީން ޗައިނާއާއެކު ކުރާ ވިޔަފާރި ވަރުގަދަ ކުރުން
ކަނޑު ފޭރޭ މީހުންނާއި ޓެރަރިޒަމްގެ އަމަލުތަކުން ވިޔަފާރި ސަލާމަތްކުރުން
އިންޑިއާ ކަނޑުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުތައް ކުރެވޭނެ ގޮތެއް ހޯދުން

ސައުދީ އަރަބިއްޔާ އިން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކޮށް، ކަނޑު ހުރަސްކޮށް އެގައުމުން ކުރާ ވިޔަފާރިއަށް ރައްކާތެރިކަން ފޯރުކޮށްދޭން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

 

ރައީސް ނަޝީދު އެފަދަ ތުހުމަތެއް ކުރައްވާފައިވާއިރު، ސައުދީ އަރަބިއްޔާ އަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ވަނީ ފ. އަތޮޅު އެއްކޮށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، 19 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅަށް އަންނަން އުޅެނީ ސައުދީގެ 10 ބިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއެކެވެ.

 

އެ މަޝްރޫއާ ގުޅޭ ބައެއް ކަންތައްތައް ފުރިހަމަ ކުރެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިމަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ކްލައިމެޓް ހޯމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ސައުދީން ބޭނުން ވަނީ ކަނޑު ހުރަސްކޮށް، އެގައުމުން ކުރާ ތެލުގެ ވިޔަފާރި އާއި އަދި އެހެނިހެން ވިޔަފާރިތައް ރައްކާތެރިކުރުމަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް ކަމަށެވެ. އަދި ސައުދީން ބިނާކުރާ އިމާރާތްތަކާއި އިންފްރާސްޓްރަކްޗާތައް ބިނާކުރާނީ ރާއްޖެ ސަރަހައްދުގެ ބާރު އެގައުމަށް ލިބޭނެ ގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ހިންގާފައިވާއިރު، މިފަދަ މަޝްރޫއެއްގެ ވާނުވާ ސާފުކޮށް އެނގެން ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

 

ކްލައިމެޓް ހޯމް އަށް ދެއްވި އިންޓަވިއުއެއްގައި ގަލްފް ސްޓޭޓްސް އެނެލެޓިކްސްގެ ސީނިއާ އެޑްވައިޒަރު ޑރ. ތިއޯޑޯ ކަރަސިކް ވިދާޅުވީ ސައުދީން އަސްކަސރި މަރުކަޒެއް ގާއިމްކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އަސްކަރީ މަރުކަޒުތައް އެޅުމުގެ ބަދަލުގައި ސައުދީން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރުވަނީ އެގައުމަށް ވާގިވެރިވާ ފަރާތްތައް ބޭނުންކޮށްގެން ކަމަށެވެ.

 

ނަމަވެސް، ކަނޑުފޭރޭ މީހުންނާއި ޓެރަރިޒަމްގެ އަމަލުތަކުން ސައުދީގެ ވިޔަފާރި މަގުތައް ހިމާޔަތްކުރުމަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ސައުދީ އަށް މަޖުބޫރުވެފައިވާ ކަމަށް ކަރަސިކް ގަބޫލުކުރައްވަ އެވެ.

 

ސައުދީގެ އިގްތިސާދު ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ސަލްމާން ރަސްގެފާނު އިއުލާނުކުރެއްވި، މަގުޗާޓު، "ވިޝަން 2030" ގެ ދަށުން އިރުމަތީ އޭޝިއާގެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކަރަސިކް ގަބޫލުކުރައްވާ ގޮތުގައި، އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސައުދީ އަށް ވަފާތެރި ޗެއިންއެއް ގާއިމްކުރުމަކީ އިގްތިސާދީ މަގުޗާޓް ކާމިޔާބު ކުރުމަށް ކޮންމެހެން ވެސް ލާޒިމް ކަމެކެވެ.

 

ސައުދީ އަރަބިއްޔާ އިން ގެންދަނީ އެގައުމާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންނެވެ. އެގޮތުން ތެލާއި، ގޭހުގެ އިތުރުން އެހެނިހެން ތަކެތީގެ ވިޔަފާރި ޗައިނާއާއެކު ވަރުގަދަ ކުރުމަށް ސައުދީ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާ ކަނޑު ކަނޑު ހުރަސްކޮށް މި ވިޔަފާރީގެ ދަތުރުތައް ކުރާއިރު، އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތައް ފެތުރިފައިވުމާއި، ކަނޑު ފޭރުމުގެ މައްސަލަތައް އިތުރުވެފައިވުމަކީ ވިޔަފަރީއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.


ޗައިނާގެ މެރިޓައިމް ސިލްކް ރޫޓްގައި ރާއްޖެއާއި ސައުދީން ވެސް ވަނީ ބައިވެރިވެފަ އެވެ. އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަ ސްޓްރެޓީޖިކް ސަރަހައްދަކީ މެރިޓައިމް ސިލްކް ރޫޓުގެ މުހިންމު ތަނެކެވެ. އެގޮތުން އޭޝިއާއާއި އެހެން ކޮންޓިނެންޓްތަކާ ދެމެދު ކަނޑުމަގުން ކުރެވޭ ވިޔަފާރީގައި ރާއްޖެ މި އޮންނަ ސަރަހައްދުގެ ގޮތުން ރާއްޖޭގެ ބޭނުން ހިފަން ޖެހެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 މާރޗް 2017 | ހޯމަ 14:30
ޒައިން
ތިޔަ ބުނާ ރޫޓް އޮތީ އިހަވަންދިއްޕޮޅުގަ އެތާނގަ ކޮންމެވެސް ހެވަންއެއް އަޅަން ހުވަފެނީ ފޮލާކައްކަ ކައްކައިފަ މިހާރު އެކަން އޮބިއްޖެ އެވާހަކަވެސް ނުދައްކާ