ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 19:40
ބެޑްމިންޓަން ޓީމު
ބެޑްމިންޓަން ޓީމު
އެމްއޯސީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ސީޝެލްސް ބަލިކޮށް ފިރިހެން ބެޑްމިންޓަން ޓީމު ލޯ މެޑަލް ހޯދައިފި
ރާއްޖެއިން ލޯ މެޑަލް ހޯދީ ސީޝެލްސް ބަލިކޮށްގެން

މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ސީޝެލްސް ބަލިކޮށް ފިރިހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ސީޝެލްސްއާ ވާދަކޮށް ރާއްޖެއިން މެޗު ކާމިޔާބު ކުރީ 4 - 1 ގެ ނަތީޖާއަކުންނެވެ. ޓީމް އިވެންޓް ކުރިއަށް ދަނީ ސިންގަލްސް ތިން މެޗާއި ޑަބަލްސް ދެމެޗުކުޅޭ ގޮތަށެވެ.

އެގޮތުން ދިވެހި ޓީމު ވަނީ ކުޅުނު ސިންގަލްސް ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ޑަބަލްސް މެޗުވެސް ކާމިޔާބު ކޮށްފައެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެއިން ނިކުތީ މުހައްމަދު އަޖުފާންއެވެ. އޭނާ ވަނީ ކުޅުނު ދެ ސެޓުން ވެސް ބަލިވެފައެވެ. ސީޝެލްސްއިން ސެޓްތައް ގެންދިޔައީ 18-21 އަދި 17-21 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ނިބާލް އަހުމަދެވެ. އޭނާ ވަނީ ދެ ސެޓުވެސް ކާމިޔާބު ކޮށްފައެވެ. ސެޓްތައް ގެންދިޔައީ 16-21 އަދި 17-21 އިންނެވެ.

ސިންގަލްސް ތިންވަނަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ނަޝީއު ޝަރަފުއްދީނެވެ. އޭނާ ވަނީ ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ސެޓް 17-21 އިން ރާއްޖެއިން ސެޓް ގެންދިޔައިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 13-21 އިން ސީޝެލްސްއިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 13-25 އިންނެވެ.

ޑަބަލްސް ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުތީ އިބްރާހިމް ސާއިމް އާއި ނަޝްފާން މުހައްމަދުއެވެ. މި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-27 އިން ރާއްޖެއެވެ. ޖެހިގެން އައި ސެޓް 14-21 އިން ސީޝެލްސް ގެންދިޔައިރު، ނަތީޖާ ނެރުމަށް ކުޅުނު ސެޓް ރާއްޖެއިން ކާމިޔާބުކުރީ 12-21 އިންނެވެ.

ޑަބަލްސް އިވެންޓްގެ ފަހު މެޗުގައި ރާއްޖެއިން ކުޅެން ނިކުތީ އަޖްފާން އަދި ޝަރަފުއްދީން އެވެ. މެ މެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 21-16 އަދި 21-19 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް