Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 10:01
އިލެކްސަން ކޮމިޝަން
އިލެކްސަން ކޮމިޝަން
ގޫގުލް
އިދިކޮޅު އިއްތިހާދު
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
އެމްޑީޕީން ބައިވެރިވީ އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކަންކަތަށް ކުރާކަން ހާމަކުރަން
މާދަމާ ރޭ ހައްސަ ޖަލްސާއެއް ބާއްވަނީ

އިލެކްޝަންސް ކޮމިޝަނުން ނާއިންސާފުން ކުރާ ކަންކަން މުޅި ދުނިޔެއަށް ހާމަކުރާނީ އިދިކޮޅު އިއްތިހާދުން ކަމަށް އެ އިއްތިހާދުގެ ނައިބް ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

 

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހްތައްް އިލެކްޝަންސް ކޮމިޝަނުން ފަސްކުރާމުން ދާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީން އެ އިންތިހާބުގައި ބައިވެރިވީ ކީއްވެގެންތޯ ބައެއް ފަރާތަކުން ސުވާލުއުފައްދާ ކަމަށެވެ. އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމާއެކު އެކި އެކި ބަހަނާތައް ދައްކައި، އަދި ރައީސް ޔާމީންގެ ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަނީ ގާނޫނު އަސާސީއާ ހިލާފަށް އޭނާ ކަމަށެވެ.

 

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަންތައް ނުކުރަނީ ވެރިކަން ކުރާ ޕީޕީއެމަށް، އެމްޑީޕީއާ ވާދަކޮށްލަން ނުކުރިގެން އެޕާޓީން ބޭނުންވާ ގޮތަށް އިންތިހާބުގެ ކަންކަން ބައްޓަން ކުރުމަށް ޝިފާ ކަމަށެވެ.

އެމްޑީޕީ އަކީ ތެދުވެރިކަމާއެކު ރައްޔިތުންނާއި އެކު މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެޕާޓީން ނަގާނެ ކަމަށެވެ.

 

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޕާޓީންގެ ކެމްޕޭން ހަރަކާތަކުގެ ތެރެއިން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމާއި ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް ކެންޑިޑޭޓުންނަން ދަސްކޮށްދިނުމުގެ ގޮތުން ވޯކްޝޮޕްތައް މިހާރު ވެސް ބައްވާމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކެންޕޭން ހަރަކާތަކުގެ ތެރެއިން އަންގާރަ ދުވަހު އެމްޑީޕީގެ އަންހެންގެ ރޭހުގެ ހާއްސަ ޖަލްސާއެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް