ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 18:27
އަސްލާނީ
އަސްލާނީ
ބީބީސީ
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް އަންހެން ޓީމުން ސްވިޑެންގެ އަސްލާނީގެ ސޮއި ހޯދައިފި
އަސްލާނީގެ ސޮއި ރެއާލުން ހޯދިކަން ވަނީ ކަށަަވަރުވެފައި

ފީފާ އަންހެނުންގެ ވޯލްޑްކަޕްގައި މޮޅު ކުޅުމެއްދެއްކި ސްވިޑެންގެ އަސްލާނީގެ ސޮއި ރެއާލް މެޑްރިޑްގެ އަންހެން ޓީމުން ހޯދައިފިއެވެ.

ވޯލްޑްކަޕްގެ ތިންވަނަ ސްވިޑެނުން ހޯދިއިރު އަސްލާނީ ވަނީ ތިންވަނަ ހޮވި މެޗުގައި ލަނޑުޖަހާ ޓީމު މޮޅު ކޮށްދީފައެވެ.

ރެއާލް މެޑްރިޑަށް ބަދަލުވިކަން އަސްލާނީ ވަނީ އޭނާގެ ޓްވިޓާގައި ބުނެފައެވެ. އޭނާ ބުނީ ރެއާލް އާއެކު އޭނާ އެގްރިމެންޓްގައި ސޮއިކުރި ކަމަށާއި ރެއާލްއަށް ބަދަލުވެވުމަކީ ލިބުނު ބޮޑު ޝަރަފެއްކަމަށެވެ.

އަސްލާނީގެ ސޮއި ރެއާލުން ހޯދިއިރު، ރެއާލުން ވަނީ އަންހެން ޓީމެއްކަމުގައިވާ ޑެޕޯޓިވޯ ޓެކޮން ޖޫން މަހު ގަނެފައެވެ.

ޑެޕޯޓިވޯ ޓެކޮން ރެއާލުން ގަތް އިރު އެޓީމު ވަނީ ޕްރިމިއާ ޑިވިޝަން އަށް ޕްރޮމޯޓް ވެފައެވެ. މިއާއެކު އެޓީމުން މި ސީޒަނުގައި ކުޅޭ މެޗުތައް ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.

ޑެޕޯޓިވޯ ޓެކޮން އިން މި ސީޒަނުގައި ކުޅޭ މެޗުތަކުގައި ބޭނުން ކުރާނީ ކުރީގެ ވެސް ބޭނުން ކުރަމުން އައި ނަމެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ސީޒަނުގައި އެޓީމުން ކުޅޭނީ ރެއާލް ގެ ނަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް